Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްދަރު ހާމަކުރުން

ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެކަމަށް ބަޔާންކޮށް، ހެތްކާބެހޭ ބިލު މަޖިލީހުން ފާސްކޮށްފި

ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެންނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖޫން 2022 | ބުރާސްފަތި 14:11
ނޫސްވެރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން - ފައިލް ފޮޓޯ

ނޫސްވެރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން - ފައިލް ފޮޓޯ

ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިއަކަށް އެއްވެސް ފަރާތަކުން ދީފައިވާ މައުލޫމާތުގެ މަސްދަރު ޝަރީއަތް މެދުވެރިކޮށް ނޫން ގޮތަކަށް ހާމަނުކުރެވޭނެގޮތަށް ކަނޑައަޅައި، ހެތްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަސްދަރު ހާމަކުރުމުގެ މައްސަލައިގައި، ނޫސްވެރިންނާއި ކަމާބެހޭ އިދާރާތަކުގެ ކަންބޮޑުވުން ހުރުމާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހެތްކާބެހޭ ބިލަށް، ޖުޑިޝަރީ ކޮމިޓީން އެކި ފަރާތްތަކާ ބައްދަލުކޮށް އިސްލާހު ހުށަހަޅާފައިވެއެވެ. އަދި ބައްދަލުކުރި ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއެކު ބައްދަލުވުންތައް ބާއްވައި ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.

Advertisement - newsAdvertisement

އަދި އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، ކޮމިޓީން ހެތްކާބެހޭ ބިލުގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށް ނިންމާފައިވެއެވެ.

ހެތްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަށް، އެކި ފަރާތްތަކާ ބައްދަލުކުރުމަށްފަހު 136 ވަނަ މާއްދާގެ (ހ)ށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން، އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެކަމަށެވެ.

އަދި 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ 136 ވަނަ މާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި، ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތު ކުރެވޭ ފަރާތުން ނުވަނަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން، ވަކި ހާލަތެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެކަމަށެވެ.

އެގޮތުން މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ 8 ކަމަކަށް ރިއާޔަތްކުރުމާއެކު، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމަ ކަމަށެވެ.

ހެތްކާބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ މި މާއްދާގެ (ށ)ގައި ވާ 8 ކަންތައް މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ޝަރީއަތުން ރިއާޔަތްކުރަންވާނީ، އެ އަކުރުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހެޅި ފަރާތުގެ ހުށަހެޅުމާ ގުޅުންހުރި ކަންކަމަށް ކަމަށެވެ.

މި ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އެޓަރނީ ޖެނަރަލް އޮފީހުން ވަނީ އިތުރު 15 އިސްލާހެއް ހުށަހަޅާފައެވެ. އަދި އެ 15 އިސްލާހުވެސް ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

ހެތްކާބެހޭ ބިލު ޖުޑިޝަރީކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ތަޅުމަށް ހުށަހަޅައި ބިލު ފާސްކުރަން ނެގުނު ވޯޓުގައި، އެ ބިލު ފާސްވެފައިވަނީ 50 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް ވޯޓުދެއްވީ 5 މެންބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 2 މެންބަރަކު ތިއްބެވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު