Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

އީގަލްސް ބަލިކޮށް ޔޫވީ ފައިނަލަށް

ދެވަނަ ސެމީ ފައިނަލުގައި މިރޭ ވާދަކުރާނީ ވެލެންސިޔާއާއި ޓީސީ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 29 ޖޫން 2022 | ބުދަ 14:31
މެޗުން މޮޅުވުމަށްފަހު ޔޫވީގެ ކުޅުންތެރިން އުފާފާޅުކުރަނީ

މެޗުން މޮޅުވުމަށްފަހު ޔޫވީގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު ބައްދަލުކުރީ ޔޫވީއާއި ކްލަބް އީގަލްސެވެ. މި މެޗު ޔޫވީ ކާމިޔާބުކުރީ 4-0ންނެވެ. ޔޫވީގެ ފުރަތަމަ ތިން ލަނޑު އެޓީމުން ވަނީ ފުރަތަމަ ހާފުގެ 13 މިނެޓުގެ ތެރޭގައި ޖަހާފައެވެ. ޔޫވީގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު އަލްތަފް އަޒީމްއެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި މުހައްމަދު އަރުޝަދު ސަލީމް ޔޫވީއަށް ލީޑު ފުޅާކޮށްދިންއިރު، ތިންވަނަ ލަނޑު ޖެހީ އަހުމަދު އަޒުލާން އަލީއެވެ.

ޔޫވީން މެޗުގެ ފުރަތަމަކޮޅުގައި ބޮޑު ލީޑެއް ނެގީ އީގަލްސްގެ ޑިފެންސްލައިނުން ހެދި މިސްޓޭކްތަކެއްގެ ބޭނުން ހިފައިގެންނެވެ. ބައިކޮޅަށް ތިން ލަނޑު ވަތްފަހުން އީގަލްސްގެ ކުޅުން ރަނގަޅުކުރިއެވެ. ފުރަތަމަ ހާފުގައި އީގަލްސުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފި ބޭކާރުވީއެވެ.

ފުރަތަމަ ހާފުގައި އީގަލްސުން ފޮނުވާލި ހިލޭޖެހުންތައް ގޯލާ އަމާޒުކުރެވިފައި ނުވާއިރު، އިދިކޮޅު ކީޕަރު ޓެސްޓުކޮށްލެވޭ ވަރުގެ ހަމަލާއެއް އީގަލްސަށް ފޮނުވާލެވިފައެއްނުވެއެވެ. ފުރަތަމަ ހާފުގައި އީގަލްސްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަޝްހަމް އިބްރާހީމް މުހައްމަދު ފޮނުވާލި ނުރައްކާތެރި ހަމަލާވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަޝްހަމް މި މެޗުގައި ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ދެވަނަ ހާފުގައި އީގަލްސަށް މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދުނެވެ. ޔޫވީގެ ފަހު ލަނޑު ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަޒުލާންއެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި މިރޭ ވާދަކުރާނީ ވެލެންސިޔާއާއި ޓީސީއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު