Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ތަހުގީގުތައް

ކުޑަކުދިންގެ މައްސަލަތަކާ ގުޅޭ ތަހުގީގުތަކަށް މުހިންމު ބަދަލުތަކެއް ގެނެވިއްޖެ: އޭސީޕީ ރިޔާޟް

29 ޖޫން 2022 | ބުދަ 10:48

އެކަމާ ގުޅުންހުރި ގަވާއިދުތަކާ އުސޫލުތައް އެކުލަވާލެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖޫން 2022 | ބުދަ 10:48
ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް

ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް

ކުޑަކުދިންގެ މައްސަލަތަކާ ގުޅުންހުރި ކަންކަން ތަހުގީގުކުރުމުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަމަށް، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ވިދާޅުވެއްޖެއެވެ.

މުޙައްމަދު ރިޔާޟް މިގޮތަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ "ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް'' ފެށުމަށް އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ރިޔާޟް އިތުރަށް ވިދާޅުވީ ފެމެލީ ޗައިލްޑް ޕްރޮޓެކްޝަން ވިންގް އަށް ގެނައި ބަދަލުތަކާ އެއްކޮށް އެކަމާ ގުޅުންހުރި ގަވާއިދުތަކާ އުސޫލުތައް އެކުލަވާލެވި ވަކިން ހާއްސަކޮށް ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނަށް ފުލުހުން އަހުލުވެރިކޮށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަމަށެވެ.

އަދި މައްސަލަ ތަހުގީގުކޮށް، ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގޯނާ ހުއްޓުވައި ކުޑަކުދިން ހިމާޔަތްކުރުމަށް އިތުރަށް ކުރަންވީ ކަންކަން ދެނެގަނެ އާއިލާތައް ހޭލުންތެރިކުރުމާއެކު، އެކުދިން އަނިޔާއަށް ހުށަހެޅޭ ދޮރުތައް ބަންދު ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންފަރެންސްގެ އެ ދާއިރާގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް އެންމެން ތިބެގެން ހިޔާލު ބަދަލުކުރާއިރު، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގެ ސަބަބުތަކަކީ ކޮބައިތޯ ބަލައި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންނަށް ބޭނުންވާ އަމާން މާހައުލެއް ހޯދައިދިނުމަށްޓަކައި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ވާހަކަދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި މުޖުތަމައުގެ ތެރެއިން ކުޑަކުދިންނަށް ލިބޭ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރެވޭއިރުވެސް ތަކުރާރުކޮށް އެ އަމަލުތައް ހިންގަމުންދަނީ ކީއްވެތޯ އާއި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ވަރަށް ގިނަ ކަންކަން މުޖުތަމައު ތެރެއިން ފެންނަމުންދާއިރު ކުށްކުރާ މީހުންނަށް އަޅާ ފިޔަވަޅުތަކާއި އެފަދަ މައްސަލަތައް ތަހުގީގުކުރާ ގޮތާއި އެފަދަ ކަންކަން ހުއްޓުވަން އިތުރަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނާލަންޖެހޭކަމަށް ވިދާޅުވިއެވެ.

ހަަމަ އެހެންމެ ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މާހައުލަށް ގެނެވުނު ބަދަލުތަކުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގުކޮށް ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް ނިންމާ މިންވަރު އަވަސްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ. އަދި ކޮންފަރެންސްގެ ދާއިރާގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަދެކެވެމުންދާއިރު، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުރިކަމުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން، ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތައް ބެލުމަށް، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި އެކުދިން ރައްކާތެރިކުރުމަށް އެންމެންގެ ނަޒަރުގައި ފުލުހުންގެ ދައުރަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތައް ތަހުގީގުކުރާ އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާއި ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމަށް ކަނޑައެޅިފައިވާ ކަންތައްތަކާއި މައްސަލަތައް، ތަހުގީގުކުރާ އިސް ފަރާތްތަކުން ދެނެގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރު ހުށަހެޅިފައިވާ މައްސަލަތަކުން ހޯދޭ ކަންކަމުގެ އަލީގައި، ކުޑަކުދިން ހިމާޔަތްކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ކަންކަމަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި ކުޑަކުދިންނަށްކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން، މަސައްކަތްކުރާ ނިޒާމު ވަރުގަދަކުރުމަށް ވިސްނަންޖެހޭ ކަމަށާއި ކުޑަކުދިންނަށްކުރާ އަނިޔާތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް، ކުޑަކުދިންނަށް އަނިޔާކުރުން ހުއްޓުވައި އެކުދިން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކޮންފަރެންސްއިން ލިބޭ މައުލޫމާތުގެ އަލީގައި ހުރިހާ މުއައްސަސާތަކަށް އެއްބަސްވެވޭ ގޮތެއްގެ މައްޗަށް އެކްޝަން ޕްލޭނެއް އެކުލަވާލާނެ ކަމަށް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެތެރޭގައި އެ އެކްޝަން ޕްލޭނަށް އަމަލުކުރަން ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް