Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯޝަން ކޮންފަރެންސް

އެންވަޔަރަންމަންޓް މިނިސްޓަރު ޝައުނާ ވައިޓް ފައުންޑޭޝަންގެ ޗެއާމަނާއި ބައްދަލުކުރައްވައިފި

29 ޖޫން 2022 | ބުދަ 09:35

ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން މިސްޓަރ ވައިޓް އާއެކު މަޝްވަރާކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖޫން 2022 | ބުދަ 09:35
އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އ.ދ. ގެ އޯޝަން ކޮންފަރެންސްގައި

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އ.ދ. ގެ އޯޝަން ކޮންފަރެންސްގައި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ވައިޓް ފައުންޑޭޝަންގެ ފައުންޑަރ އަދި ޗެއާމަން މިސްޓަރ ޓެޑް ވައިޓްއާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި މިހާރު ކުރިޔަށްދާ އ.ދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގައެވެ.

Advertisement - newsAdvertisement

މިބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޝައުނާ ވަނީ، ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނާ ގުޅިގެން ދިވެހި ސަރުކާރުން 5 އަހަރުގެ މުއްދަތަށް ހިންގާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން މިސްޓަރ ވައިޓް އާއެކު މަޝްވަރާކުރައްވާފައެވެ. ނޫ ރާއްޖެ ޕްރޮގްރާމްގެ މަޤުޞަދަކީ، ރާއްޖޭގެ ކަނޑުތަކުގެ މަދުވެގެން 20 އިންސައްތަ ހިމާޔަތްކުރުމާއި، އެކަން ތަންފީޒްކުރެވޭނެ އޮނިގަނޑާއި، ނޫ އިޤްތިޞާދުގެ ސިޔާސަތުތައް އެކުލަވާލުމެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ކަނޑުތަކުން ހިމާޔަތްކުރާ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި މިމަޝްވަރާތަކުގައި މިނިސްޓަރު ޝައުނާ ވަނީ، ދިވެހިން ކަނޑުފަޅު ބޭނުންކުރާ ގޮތާއި، ސަރަހައްދުތައް އަދި އެސަރަހައްދުތަކުގެ އަގުވަޒަންކުރާ މިންވަރު ދެނެގަތުމުގައި ކުރިޔަށްގެންދާ ކަނޑުތައް ބޭނުންކުރެވޭ ގޮތުގެ ސަރވޭގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ފާއިތުވެ ދިޔަ 6 މަސްދުވަހުގެ ތެރޭގައި، 18 ފެސިލިޓޭޓަރަކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް މަސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކަށް މުހިއްމު ސަރަހައްދުތައްވަނީ ފާހަގަކޮށްފައެވެ. މިހާތަނަށް މިސަރވޭގައި 25,000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ވައިޓް އިންސްޓިޓިއުޓަކީ ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ އެފިލިއޭޓް ޕާޓްނަރެކެވެ. އެ އިންސްޓިޓިއުޓަކީ މުޖުތަމައުތަކަށް ފައިދާހުރި، ކަނޑުތަކާ ގުޅޭ ދެމެހެއްޓެނިވި ޕްލޭންތައް ހެދުމުގައި، ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކަށާއި، ކަމާ ގުޅޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ، އ.ދ. ގެ އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

ޕޯޗުގަލް އާއި ކެންޔާ ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިޔަށް ދާނީ ޖޫން 27 އިން ޖުލައި 1ގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް