Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއ.ދ.ގެ އޯޝަން ކޮންފަރެންސް

ދިވެހިރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކާއި ގުޅޭގޮތުން ރާއްޖެއިން އަޑު އުފުލައިފި

ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުތައް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މިނިސްޓަރ ވާހަކަ ދެއްކެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖޫން 2022 | ބުދަ 08:43
އ.ދ. ގެ އޯޝަންސް ކޮންފަރެންސްގައި މިނިސްޓަރު ޝައުނާ ވާހަކަފުޅުދައްކަވަނީ

އ.ދ. ގެ އޯޝަންސް ކޮންފަރެންސްގައި މިނިސްޓަރު ޝައުނާ ވާހަކަފުޅުދައްކަވަނީ

ދިވެހިރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކާއު ގުޅޭގޮތުން ދިވެހިރާއްޖެއިން އަޑު އުފުލައިފިއެވެ.

ރާއްޖެއިން އަޑު އުފުލާފައިވަނީ އިންޓަރެކްޓިވް ޑައިލޮގްގައި، މި ޖޫން މަހުގެ 27 އިން ޖުލައި 1 އަށް ޕޯޗުގަލްގެ ލިސްބަންގައި ކުރިޔަށްދާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2022 ގައި ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާއެވެ.

ލިސްބަންގައި ކުރިޔަށްދާ މި އަހަރުގެ އ.ދ.ގެ އޯޝަން ކޮންފަރެންސްގައި، ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުތައް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން، އަދި ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި، 5 ވަނަ އިންޓަރެކްޓިވް ޑައިލޮގުގައި މިނިސްޓަރ ޝައުނާވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ޝައުނާ ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި ކަނޑުގެ ސަތަޙަ ބޮޑު ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް ރިއާޔަތްކޮށް "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" އެއް ކަނޑައެޅިފައި އޮތުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ކަނޑުތަކުގެ ދިރުންތަކަށް ބަރޯސާވާ އިޤްތިޞާދުތައް ހަރުދަނާކުރުމަށް ދިގުމުއްދަތެއްގައި ކަންކަން ފަސޭހަކޮށްދީ، އެހީތެރިވެވޭނެ ގޮތްތަކަށް ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި އިންޓަރެކްޓިވް ޑައިލޮގްގައި މިނިސްޓަރ ޝައުނާ ވަނީ ދިވެހިރާއްޖެވެސް ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ލިބޭ އާމްދަނީއާ އަދި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 60 އިންސައްތަ ގުޅިފައި ވަނީ ކަނޑުގެ ދިރުންތަކާއިކަން މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރ ޝައުނާ ވަނީ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ މިއަދުގެ ލީޑަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ވެސް ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު