Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖަށް މީހުން ފުރުން

ރާއްޖެއިން ޙައްޖަށްދާ ދެވަނަ ގްރޫޕް ބުދަ ދުވަހުގެ ރޭ ފުރާނެ

ހަމަޖެހިފައިވާ ޕޮއިންޓްތަކުގެ ތެރެއިން މަޖީދީމަގުގައި 9 ބަސް، ފަރިދީމަގާއި، އަމީނީމަގާއި، ބޮޑުތަކުރުފާނު މަގުގައި 3 ބަސް އޮންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖޫން 2022 | ބުދަ 08:24
1443 ވަނަ އަހަރު ހައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ސައުދީއަށް ދިއުން

1443 ވަނަ އަހަރު ހައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ސައުދީއަށް ދިއުން

1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕު ބުދަ ދުވަހުގެ ރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު ހަމަޖައްސާފައިވާއިރު ބުދަ ދުވަހުގެ ރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސް ޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ބުދަ ދުވަހުގެ ރޭ ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމްލަ 24 ޕޮއިންޓެއް ވަނީ ކަނޑައަޅާފައެވެ. މި ޕޮއިންޓްތަކުގެ ތެރެއިން މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ މަޖީދީމަގު، ފަރީދީމަގު، އަމީނީމަގު އަދި ބޮޑުތަކުރުފާނުމަގުންނެވެ.

މި ޕޮއިންޓްތަކުގެ ތެރެއިން މަޖީދީމަގުގައި 9 ބަސް، ފަރިދީމަގާއި، އަމީނީމަގާއި، ބޮޑުތަކުރުފާނު މަގުގައި 3 ބަސް އޮންނާނެއެވެ.

ހުޅުމާލެ ފޭސް 1 ގައި 4 ވެހިކަލް، ހުޅުމާލެ ފޭސް 2 ގައި 2 ވެހިކަލް އަދި ވިލިމާލޭގައި އެމްޓީސީސީގެ 1 ފެރީ ޙައްޖުވެރިންނަށް ޚާއްސަކޮށް އޮންނާނެއެވެ.

ހުރިހާ ބަހެއްގެ ދަތުރުވެސް ފަށާނީ ރޭގަނޑު 7:10 އިން ފެށިގެންނެވެ. ވިލިމާލެއިން ޙައްޖުވެރިންނަށް ޚާއްސަ ފެރީގެ ދަތުރު ފަށާނީ ރޭގަނޑު 7:15 ގައެވެ.

ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާއިރު ބްރިޖް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުން ކުރިއަށްދާނީ މެނުއަލްކޮށް ފުލުހުން ތިބެގެންނެވެ.

ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 11:30 ގައެވެ.

ސައުދީ އެއާލައިންއިން ޙައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު ބުދަ ދުވަހުގެ ރޭ 175 ޙައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު