Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުމަތީގައި ހިނގާ ހާދިސާތައް

ކަނޑުމަތީގެ ހާދިސާތަކުގެ 98 އިންސައްތައަކީ ކަނޑުގަދަ ދުވަސްވަރު ހިނގާ ހާދިސާތައް: ފުލުހުން

29 ޖޫން 2022 | ބުދަ 02:09

ހާދިސާތައް ހިނގާއިރު ލައިފް ޖެކެޓްތައް އަތު ޖެހޭ ހިސާބުގައި ނުހުންނަކަން ފުލުހުން ފާހަގަ ކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖޫން 2022 | ބުދަ 02:09
ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ

ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ

ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގެ ތެރެއިން 98 އިންސައްތަ ހާދިސާ ހިނގަނީ ކަނޑުގަދަ ދުވަސްވަރު ކަމަށާއި ކަނޑުގަދައިރު ދަތުރު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދިއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ނައުފަލް ވިދާޅުވީ ސަލާމަތީ ކަންކަން ފުރިހަމަނުކޮށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. މިއީ ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ކަމަށާއި ހާއްސަކޮށް ކަނޑުގަދަ ދުވަސްވަރު ދަތުރު ކުރާނަމަ އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

Advertisement - newsAdvertisement

ނައުފަލް ވިދާޅުވި ގޮތުގައި މިހާތަނަށް އެންމެ ގިނައިން ކަނޑުމަތީގެ ހާދިސާތައް ހިނގާފައިވަނީ ކަނޑުގަދަ ދުވަސްވަރު ކަމަށެވެ. މީގެ ތެރޭގައި ފަޅުވެރިންނާއި ކެޕްޓަނުންގެ ޒިންމާ އަދާ ނުކުރެވި ހިނގާ ހާދިސާތައް ގިނަ ކަމަށާއި އެ ހާދިސާތަކުގައި މީހުން މަރުވުމާއި ގެއްލުން ފަދަ ހިތާމަވެރި ކަންކަން ދިމާވެފައިވަނީ ލައިފް ޖެކެޓް ނާޅައި ތިބުމުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ދުވަސްވަރަކީ ސްކޫލް ބޮޑު ޗުއްޓީއަށް ގިނަ ބަޔަކު ފުރާ ދުވަސްވަރަކަށްވުމުން މާލެ ސަރަހައްދަށް ހާއްސަކޮށްގެން އޮޕަރޭޝަނެއް ކުރިއަށްގެންދަން ވެސް ފުލުުހުން ވަނީ ތައްޔާރުވެފައެވެ. މި އޮޕަރޭޝަނަކީ އެމްއެންޑީއެފް އާއި ފުލުހުންގެ މެރިން ޕޮލިސްއާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ފަސިންޖަރުން ދަތުރު ކުރާ އުޅަނދުތަކާއި މުދާ އުފުލާ އުޅަނދުތައް ފުލުހުން ބަލާނެއެވެ. އެގޮތުން، އެ އުޅަނދެއްގައި ހުންނަން މަޖުބޫރު އާލާތްތައް ނެތްނަމަ ދަތުރައް ނުފުރޭނެ ކަމަށާއި މެޓް އޮފީހުން ދަތުރު ނުކުރުމަށް އެލާޓެއް ނެރެފި ނަމަވެސް ދަތުރު ނުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ކަމުގައި ރައްޔިތުންގެ ފަރުދީ ޒިންމާވެސް އަދާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދަތުރު ކުރާ އުޅަނދަށް އަރައި އޭގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ އާއި ލައިފްޖެކެޓް ހުރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށާއި ކަނޑައަޅާފައި އޮންނަވަރަށް ވުރެ އިތުރަށް ފަސިންޖަރުން އަރުވާނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުން މުހިންމު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހިންގާ އޮޕަރޭޝަނުގައި އުޅަނދުތައް ބަލައި ފާސް ކުރުމަށްފަހު އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކޮށްފައިވާ އުޅަނދެއްނަމަ ސްޓިކާއެއް ދޭނެއެވެ. މިއީ އެ އުޅަނދަކީ ދަތުފަތުރު ކުރުން ރައްކާތެރި އުޅަނދެއްކަން ފަސިންޖަރުންނަށް އަންގައިދިނުމަށް ޖަހާ ސްޓިކާއެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް