ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 07:12
އ.ދ. ގެ އޯޝަންސް ކޮންފަރެންސްގައި މިނިސްޓަރު ޝައުނާ ވާހަކަފުޅުދައްކަވަނީ
އ.ދ. ގެ އޯޝަންސް ކޮންފަރެންސްގައި މިނިސްޓަރު ޝައުނާ ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
އޯޝަންސް ކޮންފަރެންސް
އ.ދ. ގެ އޯޝަންސް ކޮންފަރެންސްގައި ރައީސް ތަމްސީލުކުރައްވަނީ މިނިސްޓަރު ޝައުނާ
 
މި ކޮންފަރެންސްގައި ރައީސްގެ ފަރާތުން ހުށައަޅާ ސްޓޭޓްމަންޓް މިނިސްޓަރ ޝައުނާ ހުށަހަޅުއްވައި ދެއްވާނެ
 
މިއީ މިމަހުގެ 27 އިން ޖުލައި 1 އަށް ކުރިއަށްދާ ކޮންފަރެެންސެއް

އ.ދ. އޯޝަންސް ކޮންފަރެންސްގައި "އެޑްރެސިންގ މެރިން ޕޮލިއުޝަން" ގެ ނަމުގައި ކުރިޔަށްދިޔަ އިންޓަރެކްޓިވް ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރު އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރު ޝައުނާ، ޕޯޗުގަލްގެ ލިސްބަންއަށް ވަޑައިގެންފައިވާއިރު އޯޝަން ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށައަޅާ ސްޓޭޓްމަންޓް މިނިސްޓަރު ޝައުނާ ހުށަހަޅުއްވައި ދެއްވާނެއެވެ. މިއީ މިމަހުގެ 27 އިން ޖުލައި 1 އަށް ކުރިއަށްދާ ކޮންފަރެންސެކެވެ.

އިންޓަރެކްޓިވް ޑައިލޮގްގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ޝައުނާ ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ދިރިއުޅުމާއި އަދި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ކަނޑުފަޅުގެ ދިރުމާއި މުރަކައިގެ ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭނާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގެ ދަށުން މި ސަރުކާރުން، މަދުވެގެން މުރަކައިގެ ފަރުތަކުގެ 10 އިންސައްތަ ހިމާޔަތްކުރުމާއި ކުޅި ކަނޑޫފާފަދަ ތަންތަނުގެ 20 އިންސައްތަ އަދި 2023 ގެ ނިޔަލަށް ކޮންމެ އަތޮޅަކުން މުރަކައިގެ ސަރަޙައްދެއް ހިމާޔަތްކުރެވިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި 79 ތަނެއް ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ މުރަކައިގެ ފަރުތަކުގެ 14 އިންސައްތަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޕްލާސްޓިކު ކުނިބުނި އުފެދޭ މިންވަރު ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވަމުން ގޮސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ މިހާރު އަހަރެއްގެ މައްޗަށް 400 މިލިޔަން ޓަނުގެ ޕްލާސްޓިކް ކުނިބުނި އުފެދޭކަމަށެވެ. މިކަމުގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ ޕްލާސްޓިކު ކުނިބުނީގެ ތެރެއިން އަލުން ބޭނުންކުރެވެނީ އެންމެ 9 އިންސައްތަކަމަށާއި ބާކީބައި ދަނީ ލޭންޑްފިލްތަކާއި އަދި ކަނޑުތައްވެސް ހިމެނޭގޮތަށް ވެއްޓަށް ގެއްލުންވާ ތަންތަނަށް ކަމުގައެވެ.

މިނިސްޓަރު ވަނީ ކަނޑުގެ ދިރުންތަކުންނާއި އިންސާނުންގެ ހަށިގަނޑުންވެސް މިހާރު މައިކްރޯ ޕްލާސްޓިކް ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. ޕްލާސްޓިކުން ތަޣައްޔަރުވުމުގެ ސަބަބުން ނާޒުކު ގުދުރަތީ ނިޒާމަށް އަސަރުކޮށް ދިރޭ ތަކެތީގެ ބައެއް ނިޒާމުތަކާއި ނަސްލުތައް ނެތިދިއުމަށް މަގުފަހިވާކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ޝައުނާ ވަނީ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުންނާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް އެތެރެކުރުމާއި، އުފެއްދުމާއި، ވިއްކުން މަނާކުރުމާއި، އަދި އޭގެ އިތުރުން، ކުނި އުކާލުމުގައި ކުނީގެ ބާވަތްތައް ވަކިކުރުމާއި، ރީސައިކަލް ކުރުމާއި، ކުނި މަދުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

ގިނަ ޤައުމުތައް އެކުވެގެން މިކަމުގައި މަސައްކަތްކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވަމުން އ.ދ.ގެ ތިމާވެށްޓާއި ބެހޭ އެސެންބްލީގެ ފަސް ވަނަ ސެޝަނުގައި ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ބައިނަލްއަގްވާމީގޮތުން އަމަލުކުރަން ލާޒިމު ކަރުދާހެއް އެކުލަވާލުމަށް ގިނަޤައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ މަޝްވަރާ ކޮމިޓީއެއް އުފެއްދުމަށް ގޮވާލި ގޮވާލުމަށް މިނިސްޓަރު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް