Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލި މައްސަލަ ބޭރުކުރުން

ފޮޓޯތަކުގެ ސައްހަކަން ފުލުހުންނަށް ކަށަވަރު ނުވެ އެއީ އަސްލުކަމަށް ބަލާ، މަޖިލީހުގައި ބަހުސްކުރުން ޖާގަ އޮތްކަމަށް ނުދެކެން - ނަޝީދު

ފޮޓޯ ވީޑިއޯގެ މައްސަލައިގައި ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޖޫން 2022 | ހޯމަ 05:18
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގެ ސައްހަކަން ފުލުހުންނަށް ކަށަވަރު ނުވެ އެއީ އަސްލުކަމަށް ބަލާ، މަޖިލީހުގައި ބަހުސްކުރުން ޖާގަ އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދެއްވާ ވަނީ ބޭރުކޮށްލާފައެވެ. މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ، ރައީސް މުހައްމަދު ނަޝީދެވެ. އެޖެންޑާ އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ 2 ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށެވެ. އަދި 2 ކުއްލި މައްސަލަ ބަލައިގަތުމާއި ގުޅޭ ގޮތުން ވަރަށް ފުންކޮށް ވިސްނާވަޑައިގެންނަވާފައިވާ ކަމަށާއި، މި 2 ކުއްލި މައްސަލަ ގުޅިފައިވަނި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ޕޮލިސް އޮފީހަށް ހުށަހަޅާފައިވާ ފޮޓޯތަކެއް ކަމަށެވެ. އަދި އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވެ އެއީ އަސްލުކަމަށް ބަލާ އެކަމާއި ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސްކުރުން ޖާގަ އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ފަހަކަށް އައިސް ކަންބޮޑުވާ މިންވަރަށް ލިވާތުކުރުމާއި ގިނަބަޔަކު ބައިވެރިވެގެން ޖިންސީގުޅުން ހިންގުންފަދަ ފާހިޝް އަމަލުތައް ގިނަވެ، މިފަދަ އަމަލުތައް ކުރަމުންދާކަން ފޮޓޯތަކުންނައި ވީޑިއޯތަކުން ފެންނަމުންދާ ކަމަށެވެ.

މިފަދަ ކުށްތަކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ބޮޑެތި ކުށްތައް ކަމަށްވާތީއާއި މިއީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފު ކަމަކަށްވާތީއާއި އަދި އިސްލާމީ ޝަރީއަތާއި ހިލާފު، އިސްލާމީ މުޖްތަމައުއެއްގައި ހާއްސަކޮށް ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ކުރެވިގެން ވާނެ ކަމަކަށް ނުވާތީއާއި، އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ 2 ގައި ކަނޑައެޅިގެން ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ކަމަށެވެ.

އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ މިފަދަ ފާހިޝް ކަންތައްތައް އިތުރުވެ، މުޖްތަމައުގައި ޝިރުކު ފެތުރިގެން ދިއުމަކީ ސައްތައިން ސައްތަ މި އިސްލާމީ ގައުމުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން އާންމުވުމުގެ ސަބަބުން މުޖްތަމައުގެ އިޖްތިމާއީ ފޭރާން ވީދި، އަހުލާގިއްޔަތު ނެތިގެންގޮސް މި ދިވެހި ގައުމުގެ މުސްތަގުބަލު ހަލާކުވެ ނެތިގެން ހިނގައިދާނެ ކަމަށެވެ.

ވަކި ފަރާތަކަށް ބެލުމެއް ނެތި މިފަދަ ވިޔާނުދާ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވާގޮތުގެ މަތިން އަދަބު ދިނުމަށާއި، މިއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ދެކި މިފަދަ މުންކަރާތްތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށް މި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމާ މަޖިލީހުގެ މަސައްކަތާއެކު ކުރިއަށް ވަޑައިގެންނެވުމަށް ރިޔާސަތުން މައްސައްކަތް ފެށުމާއެކު މެންބަރު ޝިޔާމް ވަނީ ތަޅުމުގައި އަޑުގަދަކުރައްވާ އެ މައްސަލަ ބެލެންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ނައިފަރު ދާއިރާގެ މެންބަރު، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ކުރައްވާ ސުވާލު ވެސް ކުރައްވަން ބޭނުން ނުވާކަމެއް ވިދާޅުވެ ސުވާލު ވެސް ނުކުރައްވައެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު