Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫރުގެ މަރުގެ މައްސަލަ

ނޫރުގެ މަރުގެ މައްސަލައިގައި ދެމީހަކު އުމުރަށް ޖަލަށް

އެ މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2022 | އާދީއްތަ 19:21
ކްރިމިނަލް ކޯޓް - މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދު

ކްރިމިނަލް ކޯޓް - މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދު

އައިޖީއެމްއެޗް ކައިރި ހުއްޓާ، ވަޅިއަކުން ހަމަލާދީގެން، ނޫރު އާދަމް ޙަސަންފުޅު މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ 2 މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ނޫރު މަރާލާފައިވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 3:30 އެހާއިރުއެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރޭގައި ޏ.ފުވައްމުލައް، ޝައިނީ، މުޙައްމަދު ސަމީހާއި، އެރަށު ނޯވެލް، މުޙައްމަދު ޝަމްލު ހިމެނެއެވެ. އެ ދެމީހުންގެ މައްޗަށް އުުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ވަނީ މި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ކޯޓުގެ ގާޒީ ޙަސަން ސައީދު ކުރެއްވި ޙުކުމުގައި ވަނީ އެ ދެމީހުންގެ މައްޗަށް އުުފުލާފައިވާ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

ދައުލަތުން ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ބޮޑު އަދަބެއް އެ ދެމީހުންނަށް ދިނުމަށް އެދިފައެވެ. ސަބަބަކީ އެމީހުން ދިން ޙަމަލާތަކުގެ ސަބަބުން ނޫރު މަރުވެފައިވާތީއެވެ.

އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވުމާއެކު، ދެމީހުންވެސް އުމުރަށް ޖަލަށްލުމަށް މައްސަލަ ބެއްލެވި ގާޒީ ޙަސަން ސައީދު ވަނީ ޙުކުމްކުރައްވާފައެވެ. އެހެންނަމަވެސް، އެމީހުން ބަންދުގައި ތިބި މުއްދަތު ޙުކުމުން އުނިކުރުމުން އެމީހުންގެ މައްޗަށް އަންނާނެ އަދަބަކީ 17 އަހަރާއި، 9 މަހާއި 15 ދުވަހެވެ.

ކްރިމިނަލް ކޯޓްމަރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު