Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާބިދުގެ މައްޗަށް ކުރާ ދައުވާ

މަރުގެ ދައުވާލިބޭ އާބިދު: ހޫރާލެވުނީ ވަޅިއެއްކަން ނޭނގެ، އަމަލުކުރީ ނަފްސުގެ ދިފާއުގައި

26 ޖޫން 2022 | އާދީއްތަ 08:59

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2022 | އާދީއްތަ 08:59
ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މި އަޑުއެހުމުގައި އާބިދުގެ ދެ ވަކީލުންގެ ތެރެއިން އެއް ވަކީލަކު ވަނީ ބައިވެރިވެލައްވާފައެވެ.

މި އަޑުއެހުމުގައި އޭނާގެ ވަކީލު ވަނީ މައްސަަލައިގެ ލިއެކިއުންތައް ލިބިފައިވާކަން ފާހަގަ ކުރައްވާފައެވެ. ވުމާއެކު، ގާޒީ ޝަފީއު ވަނީ އިބްތިދާއީ މަރުޙަލާ ފައްޓަވައި، އޭނާއަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.

އެއަށްފަހު ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ މަރުގެ އަދަބެވެ.

ކުށުގައި ބައިވެރިވެއްޖެކަން ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އާބިދު ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭ ކަމަަށާއި، ޤަސްތު މަރުގެ ދައުވާއަށް އިންކާރު ކުރާކަމަށް އޭނާ ބުނެއެވެ.

އޭނާ ދައުވާއަށް އިންކާރު ކުރުމާއެކު ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.

މި މައްސަަލައާ ގުޅިގެން ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރެއްވެސް ހުށައަޅާފައިވެއެވެ. އެއީ މި މައްސަލައިގެ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓެވެ.

މި މައްސަލައިގައި ހިމެނޭ ގިނަ ހެކިންނަކީ ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންކަން ފާހަގަކޮށް ދައުލަތުން ވަނީ ޝަރީއަތުގެ މަރުޙަލާ ފެށުމުގެ ކުރިން ހެކިބަސް ކުރީބައިގައި ނެގުމަށް އެދިފައެވެ. ވުމާއެކު، ގާޒީ ޝަފީއު ވަނީ 2 ޖުލައިން ފެށިގެން މި މައްސަލައިގައި ހިމެނޭ 11 މީހުންގެ ހެކިބަސް ނަގަން ފެށުމަށް ނިންމަވާފައެވެ. އެއީ ފަހަށް ރައްކާ ކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ދަށުން ނަގާ ހެކިބަސްތަކެކެވެ.

ދެން މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނީ ކޯޓަށް ހާޒިރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް