Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ އީދު ފޯރި

އައްޑޫގެ އާދަކާދައިގެ ތެރެއިން އީދުފޯރިއަށް އެޅުނު ކަޅު ހިޔަނި

ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން އައްޑޫގައިވެސް ސަގާފީ ކުޅިވަރުތައް ކުޅެއުޅުނު

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 02:34
އިނގިރޭސި ރާނީ އެލިޒަބަތު އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި ރޯޔަލް އެއަރފޯސްގެ ސިފައިންނާއެކު (1972)

އިނގިރޭސި ރާނީ އެލިޒަބަތު އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި ރޯޔަލް އެއަރފޯސްގެ ސިފައިންނާއެކު (1972)

އަތޮޅުން ބޭރުގައި ދިރިއުޅޭ އައްޑޫގެ ރައްޔިތަކު ކުރެން އީދު ޗުއްޓީއަށް ރަށަށް ދާނަންހޭ އަހައިފިނަމަ ޖަވާބަކަށްވާނީ "ކޮންކަމެއް އޮތް ތަނެއް ހެއްޔޭ" އެވެ . މިއީ ޚުދު އައްޑޫއަށް ފޫޅުކެނޑި ރައްޔިތުމީހާގެ ބަސްކަމަށްވާނަމަ މިކަމުގައި ކޮންމެވެސް ހަގީގަތެއް ވާނެކަން ކަށަވަރެވެ. ތެދެކެވެ. އައްޑޫއަކަށް އެހެން ރަށަކުން މީހަކު އީދު ކުޅިވަރު ބަލާލާށޭ ކިޔާފައެއް ނުދާނެއެވެ. އެކަހަލަ ވާހަކައެއް ދެކެވުނަސް އެވާހަކަ ބަދަލުވެގެންދަނީ ޖޯކަކަށެވެ.

މިއީ އައްޑޫމީހަކު އަމިއްލައަށް އޭނާގެ ރަށާމެދު ފާޅުކޮށްލި ޚިޔާލެކެވެ.  

މިސުވާލު ރާއްޖޭން އުތުރުގެ ރައްޓެއްސަކާވެސް ކޮށްލީމެވެ. އޭނާގެ ޖަވާބުވެސް ތަފާތެވެ.

ގަބޫލު ކުރަން ދަތިވި ނަމަވެސް އޭނާ އެބުނީ ހަމަ އައްޑޫގެ ލޭހިނގާ ކިތައްމެ މީހެއްގެ ވިސްނުން ހުރި ގޮތެވެ.

އެމީހުންނަށް ރަށްރަށުގައި އެކުޅޭ ކުޅިވަރުތައް ވަނީ ބޮޑު ފޫއްސަކަށެވެ. ބޭކާރު ކަމަކަށެވެ. އައްޑޫ އެކޭ އެއްފަދައިން މާލޭގައިވެސް ސަގާފީ ކުޅިވަރުތައް ނޯންނަ ފަދައިން އައްޑޫ މީހުންވެސް ދެކެނީ އެއީ ތަހުޒީބުގެ ކުލަވަރާއެކު އެމީހުންގެ ތެރެއިން ފަނޑުވި ކަމެއްގެ ގޮތުގައެވެ.

ތަނެއްގައި ބަޔަކު ދިރިއުޅޭނަމަ އުފަލާ މަޖާކުރުން އޮންނާނެއެވެ. ކުޅިވަރާއި މުނިފޫހި ފިލުވުންވެސް ހިނގާނެއެވެ. އެއީ އެމީހުންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ކަންކަމެވެ. އެއީ އެމީހުންގެ ސަގާފަތެވެ. ރާއްޖޭގެ އެއްރަށް އަނެއްރަށާއި ގުދުރަތީ ގޮތުން ވަކިވެފައިވުމުން ސަގާފަތަށް އައިސްފައިވާ ކުދިކުދި ބަދަލުތައް ފިޔަވައި ޖުމްލަ ގޮތެއްގައި ހުރިހާ ކަމެއްވެސް ހުރީ ދާދި އެއްކަހަލަ ގޮތަކަށެވެ.

ކޮންމެ އީދަކާއެކު ރާއްޖޭގެ ރަށްރަށުން ފެނިގެން ދަނީ އެންމެން އެކަތިގަނޑަކަށް ވާ މަންޒަރެވެ. އެއްރޫހެއްގައި އީދުގެ ހަރަކާތްތައް ރާވާ ހިންގާ މަންޒަރެވެ. އެދުވަސް ބައްދަލު ކުރާނީ ކަނޑި ހަނގުރާމަ ކޮށްކޮށް ތިބި ހަތުރުންވެސް ހަތިޔާރު ބަހައްޓާފައެވެ. އެމީހުންގެ ތެރެއަކު މާތް މީހެއް ދެރަ ނިކަމެއްޗެއް ނޫޅޭނެއެވެ. އެންމެންވެސް ކިރާ ވަޒަން ކުރަނީ އެއް ހަމަޔަކުންނެވެ.

މިއީ މާތްވި އިސްލާމްދީން ދައްކުވައިދިން ރިވެތި މިސާލެވެ. އަޚުވަންތަ ކަމުގެ ލޯތްބާއި ކުލުނާއި، އުޅުމާއި ގުޅުމަށް އިސްލާމް ދީން ބާރުއަޅަނީ ވަރަށް މަތީ ދަރަޖައަކަށެވެ. ވަކިން ޚާއްސަކޮށް އީދުފަދަ މުނާސަބާތަކުގައި އިސްލާމް ދީނުގެ ޙުދޫދުން ބޭރުނުވެތިބެ، އުފާފާޅުކުރުމަށް އިސްލާމް ދީނުގައި ހުރަހެއް ނެތުމުން ދިވެހީންނަށް އީދުވާނީ ހަމަހަގީގަތުގައިވެސް ޚާއްސަ ދުވަހަކަށެވެ.

ކަންމިހެން އޮތް އިރު މިފަދަ ރީތި އަޚުލާގީ މާތް ސިފަތަކަކާ އައްޑޫގެ ރައްޔިތުން އެހާ ބީރައްޓެހީ ކީއްވެބާވައެވެ. މިސުވާލުގެ ޖަވާބު ހޯދާލުމަށް އައްޑޫގެ ދުވަސްވީ ބައެއް މީހުންނާއި އަޅުގަނޑު ސުވާލު ކުރީމެވެ. އެމީހުން ދެކޭ ގޮތުގައި އައްޑޫމީހުންނަކީ ވަރަށް ފޯރިއާއެކު އީދު ކުޅިވަރު ކުޅެއުޅުނު ބައެކެވެ. އައްޑޫގެ އޭރުގެ ކުޅިވަރުތަކުގެ ހަނދާން އާވުމުން އެކަމުގެ ޖޯޝާއި ފޯރި މިހާރު ނުފެންނާތީ ލޮލުން ކަރުނަ ހިލޭ ކަމަށް އޭނާ ބުންޏެވެ.

ތާރީޚުގެ ސަފްހާތަކަށް ނަޒަރެއް ހިންގާލާއިރު ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރާއި އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުވެސް އައްޑޫގައި އިނގިރޭސީން ވަޒަންވެރިވެ އުޅުނެވެ. އައްޑޫމީހުންނާއެކު އެއްތަށިން ކައި އެއްތަނެއްގައި އުޅެން ޖެހުމުގެ ސަބަބުން އެމީހުންގެ ތަހުޒީބު މުޖުތަމަޢުތަކުގައި ކަން ހިނގާގޮތުގެ އަސަރުތައް ދިޔައީ އައްޑޫގެ މާޙައުލުގައި އަށަގަންނަމުންނެވެ. އެމީހުން ކުޅެއުޅުނު ޒަމާނީ ވޮލީއާއި ފުޓްބޯޅަ އައްޑޫމީހުންނަށް މާގަޔާވި ކުޅިވަރުތަކަކަށްވިއެވެ. ބާއްވަމުން ދިޔަ ކާނިވާތަކާއި، ސްޕޯޓްސްމީޓްތަކާއި މިއުޒިކް ޝޯވތަކުން ހިތްތައް ފުރިގެން ބަންޑުންވިއެވެ. ކުޑަކުދިންނަށްޓަކައި ބޭއްވި ސްޓޭޖް ޝޯވތަކާ އާއިލީ ހަވީރުތަކުން ހަމަ ރަނގަޅަށްވެސް އައްޑޫގެ ސަގާފީ ކުޅިވަރުތަކުގެ ހަނދާން ނައްތާލެވުނެވެ. ގަމުގެ އާސްޓްރާ ސިނަމާގައި އަޅުވަންފެށި ރީތި ފިލްމުތަކާއި ސްޓޭޖް ޑްރާމާތައް މާހިނގާ އެއްޗަކަށްވީއެވެ. މިކަމުގެ ތެރޭ އިނގިރޭސިންގެ ޝައުގުވެރިކަން އޮތް އައްޑޫގެ ބައެއް ސަގާފީ ކުޅިވަރުތަކަށްވެސް މަޑުމަޑުން ދިރުންއައެވެ. އޭގެ ތެރޭގައި ބޭއްވި ފަލިޖެހުމުގެ ބޮޑެތި މުބާރާތްތައް ފާހަގަކޮށްލެވެއެވެ.

މިބަދަލާއެކު އައްޑޫގައި ވަނީ މުޅިރާއްޖޭގެ ނިސްބަތުން ހޮވާލެވޭހާ މޮޅު ކުޅުންތެރިން އުފެދިފައެވެ. ފުޓުބޯޅައަށް މޮޅު އުދުހޭ މުފީދުމެން ފަދަ މީހުން މާލޭގެ ޓީމްތަކާއެކު ކުޅުނު މެޗްތަކުގެ ހަނދާން އަދިވެސް ދިވެހީންގެ ހިތްތަކަކުން ނުފިލައެވެ. ދިވެހި ފުޓްބޯޅައަށް ބޮޑު އިންގިލާބެއް ގެންނެވި ކްލަބް ވެލެންސިއާގެ ބާނީ ހިޔަލީ މުޙައްމަދު ރަޝީދުމެންފަދަ އައްޑޫގެ އެތައް ދަރިންނެއް މިހާރުވެސް ގައުމީ ފެންވަރުގައި ނަންވިދާލައެވެ.

ދެން އައީ މާ އެހެންކަހަލަ މޫސުމެކެވެ. އައްޑޫގެ ރައްޔިތުން އުންމީދުވެސް ނުކުރާ ފަދަ ކަމަކާ ކުރިމަތިލާން ޖެހުނީއެވެ. ގަމުން އިނގިރޭސިން ފައިބައިގެން ދާން ޖެހުނީއެވެ. އައްޑޫމީހުން އެކަނިވެ ބާކީ ވެއްޖެއެވެ. އޭރު އުފެދިފައި އޮތް ސިޔާސީ ކޯޅުންތަކުގެ އަސީރަކަށްވެ މުޅި ޤައުމުގެ ނަފްރަތާއި މަލާމަތް ރައްދުވި ބަޔަކަށްވީއެވެ. އާމްދަނީ ލިބޭނެ ވަސީލަތެއްނެތިގެން އަނބިދަރީން ޣަރީބުކޮށްފައި މަސައްކަތެއް ހޯދަން ރަށުގެ ފިރިހެނުން މާލެ ފުރީއެވެ. މުޅި އައްޑޫއަށް މާޔޫސްކަމާއި ހިތްދަތިކަން ވެރިކުރުވާފައެވެ. އެފަދަ ޙާލެއްގައިތިބެ އުފާކުރަން ރުހޭނީ ކާކުތޯއެވެ. އީދު ފޯރި ނަގަން ރުހެވޭނެބާއެވެ. ނޫނެކެވެ. އެހުރިހާ ކަމެއް އެމީހުން ހުއްޓާލީއެވެ. ބައެއްގެ އަޅާލުމެއް ނުލިބުނުތާ ފޯރި ނަގާނެ ޖޯޝެއް އަލަކުން ނުވެސް އުފެއްދުނެވެ. މިއަދާ ހަމަޔަށްވެސް ކަންއޮތީ އެގޮތަށެވެ.

ރަނގަޅު ވާހަކައެކެވެ. ވެއްޓުމުން ތެދުވެ ވެލިފޮޅާލާ އަނެއްކާވެސް ކުރިއަރާދިއުމަށް އައްޑޫމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

ނަމަވެސް ބޮޑެތި ކަންކަން ހަމަޔަކަށް އެޅެން ވަގުތު ނަގާނެއެވެ. އެބީދައިން މިއަދު އައްޑޫގައި ކުޅިވަރުގެ ރޫޙުވެސް އާލާވާތަން ފެންނަން ފަށައިފިއެވެ. ހުޅުދޫމީދޫ އާއި މަރަދޫގައި އީދުގެ ފޯރި ނަގާތާ އަހަރުތަކެއް ވީފަހުން މަރަދޫފޭދޫ އާއި، ހިތަދޫ އާއި ފޭދޫގައިވެސް މިއަދު މިވަނީ ކުޅިވަރުން އުފާ ޙާސިލު ކުރަން ފަށާފައެވެ. މިއަހަރުގެ ބޮޑު ޢީދު ވެގެންދާނީ އައްޑޫގެ ކުޅިވަރުގެ ކަޅު މާޒީ ބަދަލުކޮށްލާނެ ޢީދަކަށެވެ. މުޅިސިޓީގައި ޢީދަށް ތައްޔާރުވަނީއެވެ. ބޮޑުމަސް ބޭނުމަށެވެ. މާލިއަރާނެތީއެވެ. އީދުމަޅިލުމާއެކު އުޟްޙިއްޔާވެސް ކަތިލުމުގައެވެ. ވާދެމުމާއި ތިންމުގޯލި އަދި އާއިލީ ހަވީރުތަކާއި ސަގާފީ މަހުރަޖާނުތަކުން މުޅި އައްޑޫގެ ފަޒާގުގުމާލާނެއެވެ. ދުވަސްވީ ތާރީޚު އަލުން އިޢާދަވާތަން ބަލަން އަވަހަށް ރަށަށް މިސްރާބު ޖަހަންވީއެވެ.  

ކުޅިވަރު-އައްޑޫސިޓީއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު