Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަމަރ ޓްރާންސްފަރ

ސަލާހް ރެއާލް މެޑްރިޑަށް ހިނގައިދާނެ

25 ޖޫން 2022 | ހޮނިހިރު 16:55

ސަލާހް ޑިމާންޑް ކުރަމުން އަންނަނީ ހަފުތާއަކު 400،000 ޕައުންޑް ލިބޭގޮތަށް އެއްބަސްވުން އައުކުރުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 ޖޫން 2022 | ހޮނިހިރު 16:55
މުހައްމަދު ސޮލާހު

މުހައްމަދު ސޮލާހު

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް އެޓީމު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވުމަކީ މާ ދުރުގައި އޮތްކަމެއް ނޫންކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިވަޕޫލާއެކު ސަލާހް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުއެވެ. އެހެންކަމުން ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަނީ ސަލާހްގެ ކޮންޓްރެކްޓް އައުކުރުމަށެވެ. ނަމަވެސް ސަލާހް ވަނީ އެއްބަސްވުން އައު ކުރުމުގައި އޭނާގެ މުސާރަ ބޮޑުކުރުމަށް ޑިމާންޑްކޮށްފައެވެ.

ސަލާހް ޑިމާންޑްކުރަމުން އަންނަނީ ހަފުތާއަކު 400،000 ޕައުންޑް ލިބޭ ގޮތަށް އެއްބަސްވުން އައުކުރުމަށެވެ. މިއީ މިހާރު އޭނާއަށް ލިބޭ މުސާރައިގެ ގާތްގަނޑަކަށް ދެގުނަ ބޮޑު މުސާރައެކެވެ. މިހާރު ސަލާހްއަށް ލިބެނީ ހަފުތާއެއްގެ މައްޗަށް 240،000 ޕައުންޑެވެ.

ސަލާހްގެ އެއްބަސްވުން އައުނުކޮށް އޮތްއިރު، ރެއާލް މެޑްރިޑުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. މިއަންނަ ސީޒަން ފެށެންވާއިރަށް ރެއާލްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ފްރީ ޓްރާންސްފަރއެއްގައި ރެއާލްއަށް ގެންދިއުމެވެ. ނަމަވެސް ފަހު ވަގުތު އެމްބާޕޭ ނިންމީ ޕީއެސްޖީގައި މަޑުކުރާށެވެ. އެހާހިސާބުން އިތުރު ފޯވާޑެއް ހޯދުމުގެ ބަދަލުގައި ރެއާލްއިން ވަނީ މެދުތެރެއަށް ކުޅެމުން އަންނަ އޮޣޭލިއަން ޗުއަމެނީގެ ސޮއި ހޯދާފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލަށް ކުޅެމުންއައި ސަޑިއޯ މާނޭ ކްލަބު ދޫކޮށްލަށް ލިވަޕޫލުން އެއްބަސްވި ގޮތަށް، ސަލާހް ކްލަބު ދޫކޮށްލަންވެސް ޓީމުން އެއްބަސްވުން އެކަށީގެންވެއެވެ. ނަމަވެސް ރެއާލްއަށް ސަލާހް ދޫކޮށްލަން ލިވަޕޫލުން އެއްބަސްވާނީ 60 މިލިއަން ޕައުންޑަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރެއާލް މެޑްރިޑްމުހައްމަދު ސަލާހުލިވަޕޫލް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް