Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް

ހަނިމާދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 500،000 ރުފިޔާގެ ގެއްލުމެއް

ހަނިމާދޫ ސްކޫލުގައި ރޯވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ޖޫން 2022 | ހޮނިހިރު 13:22
ހަނިމާދޫ ސްކޫލުގައި ރޯވެފައި

ހަނިމާދޫ ސްކޫލުގައި ރޯވެފައި

ހދ. ހަނިމާދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 500،000 ރުފިޔާގެ ގެއްލުން ލިބިއްޖެއެވެ.

އެ ރަށު ކައުސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:53 ހާއިރު ކަމަށެވެ. އަލިފާން ރޯވުމާއެކު އެ ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި ސިފައިން އަދި ފަޔަރ އެންޑް ރެސްކިއު ގުޅިގެން އަލިފާން ނިއްވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ހާދިސާ ހިނގާފައިވަނީ ކްލާސްރޫމްތައް ކައިރީ ހުންނަ ކަަރަންޓު މެއިން ޕެނަލްގައި ރޯވެގެންނެވެ. އަލިފާން ރޯވީ ލޫޒް ކަނެކްޝަނެއްގެ ސަބަބުން ކަމަށް ލަފާކުރެވޭކަމަށް އެ ރަށުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

މި ހާދިސާގެ ސަބަބުން މެއިން ޕެނަލް އެއްކޮށް އަނދާފައިވާއިރު، އެއަށް އެކަނި ވެސް 400،000 ރުފިޔާއާ 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކަރަންޓު ޕެނަލުގެ އިތުރުން އެ ޕެނަލާ އެންމެ ކައިރީގައި ހުރި ދެ ކްލާސްރޫމަށް ވެސް ވަނީ ގެއްލުން ވެފައެވެ. އެގޮތުން، ދެ ކްލާސްރޫމުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު ދިޔަދޮވިތައް ވިރިފައިވާކަމަށާއި ކްލާސްރޫމުތަކުގައި ހުރި ބައެއް ތަކެއްޗަށްވެސް ގެއްލުންވެފައިވާކަމަށް އަބްދުއްސައްތާރު މައުލޫމާތު ދެއްވިއެވެ. އެ ކްލާސްރޫމްތަކުގައި އަލުން ޚިދުމަތްދެވޭނީ މަރާމާތުކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހު މި ހާދިސާ ހިނގި އިރު ސްކޫލުގައި އެއްވެސް ދަރިވަރަކު ނޫޅެއެވެ. މި ހާދިސާގެ ސަބަބުން ސްކޫލުގެ ކްލާސްރޫމްތަކާއި އޮފީސް ބަޔާއި ސްޓާފް ރޫމުން ވަނީ ކަރަންޓް ކެނޑިފައެވެ. ނަމަވެސް މަސައްކަތްތައް ހުއްޓުނަނުދިނުމަށް އެ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގައި ހުންނަ ކަރަންޓުން، ވަގުތީ ގޮތުން އޮފީހަށާއި ސްޓާފް ރޫމަށް ކަރަންޓް ދޭން ވަނީ ފަށައިފައެވެ.

ކްލާސްރޫމްތަކަށް ކަރަންޓް ދިނުމަށާއި އެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ފެނަކައާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އަބްދުއްސައްތާރު ވިދާޅުވިއެވެ.

ހދ. ހަނިމާދޫއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
01 ފެބުރުއަރީ 2025

ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

01 ފެބުރުއަރީ 2025
ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި
12 ޑިސެމްބަރު 2024

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި
12 ޑިސެމްބަރު 2024

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު