Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޗަރުން ހަމަކުރުން

ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ދުރާލާ ފަށާފައިވާނެ: އެޑިއުކޭޝަން މިނިސްޓްރީ

25 ޖޫން 2022 | ހޮނިހިރު 08:17

ދިރާސީ އައު އަހަރުގެ ކިޔެވުން އޮގަސްޓު 7 ގައި ފެށޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ޖޫން 2022 | ހޮނިހިރު 08:17
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު

ކުރިއަށްއޮތް 2022/2023 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހު ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކުގައި ބައެއް ޓީޗަރުން މަދުކަމުގެ ޝަކުވާއަކީ ބެލެނިވެރިން އަބަދުވެސް ކުރާ ޝަކުވާއެކެވެ. މިއަހަރުގެ ދިރާސީ އައު އަހަރު އޮގަސްޓު 7 ގައި ފެށޭއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ދުރާލާ ފަށާފައެވެ. އޮގަސްޓު ދެވަނަ ދުވަހަކީ ޓީޗަރުން ރިޕޯޓުކުރަންޖެހޭ ދުވަހެވެ.

Advertisement - newsAdvertisement

ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އައު އަހަރެއްގެ ކިޔެވުން ފެށެން ވާއިރަށް މުވައްޒަފުން ހަމަކުރުމަކީ އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.

މުޖާހިދު ވިދާޅުވީ ފާއިތުވި ދެ އަހަރުގައި ކޮވިޑްގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމާއި، ދަތުރުފަތުރު ކުރުމުގައި ދިމާވި ގޮންޖެހުންތަކާއި، ކަރަންޓީންވާންޖެހުމާއި، މި ކަންކަމާ ހެދި ކިޔެވުން ފެށޭ ދުވަހަށް ބައެއް ޓީޗަރުންނަށް ސްކޫލަށް ހާޒިރުނުވެވި ހުރެދާނެ ކަމަށެވެ. އެއީ ހާލަތުގެ ގޮތުން ދިމާވި ކަމެއް ކަމަށާއި، އެހެންނަމަވެސް އާންމުގޮތެއްގައި ސްކޫލެއްގައި ކިޔަވައިދިނުން ކުރިއަށް ނުގެންދެވޭ ވަރަށް ޓީޗަރުން ނެތި ނުދާނެ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިވިޝަންގެ ފަރާތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްކޫލްތަކާ ބައްދަލުކޮށް އެ ސްކޫލެއްގެ މުވައްޒަފުންނާ ގުޅުންހުރި މައުލޫމާތުތައް ހޯދާ ބަލާ، އިތުރުކުރަންޖެހޭ މަގާމެއް ހުރިތޯ ބަލާފައިވާނެ ކަމަށެވެ. އަދި މިހާރުވެސް އެ މަގާމުތައް ފުރުމަށް މަސައްކަތްކުރަމުންދާއިރު، އިތުރު މުވައްޒަފުން ނެގުން ފަދަ މަސައްކަތްތައް ކުރިއަށްދާކަމަށް މުޖާހިދު ވިދާޅުވިއެވެ.

ސްކޫލް ހުޅުވެން ވާއިރަށް އެއްވެސް ސްކޫލެއްގައި މުވައްޒަފުން ނެތި ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ސްކޫލެއްގައިވެސް ދިރާސީ އައު އަހަރު ފެށެން ވާއިރަށް ޓީޗަރުން ތިބޭނެކަމަށާއި، އެއްވެސް ކޫލެއްގައި ކިޔެވުން ކުރިއަށް ނުގެންދެވޭ ވަރަކަށް ޓީޗަރުން ނެތިއެއް ނުދާނެ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު އިތުރަށް ވިދާޅުވީ މުވައްޒަފުން ކެނޑުމާއި، އައު މުވައްޒަފުން ނެގުމަކީ ހުރިހާ އިދާރާއެއްގައިވެސް އާންމު ކަންކަން ކަމަށެވެ. މުވައްޒަފަކު ކެނޑޭ ހިސާބުން އައު މުވައްޒަފަކު ނެގުމާ ދޭތެރޭގައި ވަގުތުކޮޅެއް ނަގާ ފަދައިން ޓީޗަރަކު ވަޒީފާއިން ވަކިވުމުން އައު ޓީޗަރުން ނެގުމާ ދޭތެރޭގައިވެސް ވަގުތުކޮޅެއް ނަގާނެ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދުމިނިސްޓްރީ އޮފް އެޑިއުކޭޝަން ދިރާސީ އައު އަހަރު 2022-2023

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް