Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއާރުސީސީގެ އައު އިމާރާތް

އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އެމްއާރުސީސީ ބިލްޑިންގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖޫން 2022 | ހުކުރު 08:38
އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި މިކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ހިންގާ މި މަޝްރޫޢަކީ ދިވެހި ރާއްޖޭގެ ސަރޗް އެންޑް ރެސްކިއު ދާއިރާގެ ޚިދުމަތް އިތުރަށް ފުޅާކޮށް ޤާބިލިއްޔަތުކަން އިތުރުކުރުމަށް ފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އެމްއާރުސީސީ ބިލްޑިންގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ސާޗް އެންޑް ރެސްކިޔުއާއި އެހެނިހެން ލޯ އެންފޯސްމަންޓް ޕްރޮގްރާމްތައް ހިންގޭނެފަދަ ވަސީލަތްތަކާއެކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ދިވެހިރާއްޖެއަކީ މެރިޓައިމް ކްރިމިނަލް އެކްޓިވިޓީތަކުގެ ތެރޭގައި ހިމެނޭ އައިޔޫޔޫ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިޔުލަރ) ފިޝަރީސްއާއި، ޕައިރެސީއާއި ހިއުމަން ޓްރެފިކިންގއާއި ނާކޯ ސްމަގްލިންގެ އިތުރުން ޤާނޫނާއި ޚިލާފު މިފަދަ އެތައް ކަމަކަށް ހުށަހެޅިފައިވާ ޤައުމެއް ކަމަށެވެ. ހަމައެއާއެކު ރާއްޖެއަކީ، ތިމާވެއްޓަށް އަސަރު ކުރުވާ މެރިޓައިމް ޑިޒާސްޓަރތައް ކަމުގައިވާ އޮއިލް ސްޕިލްސް ފަދަ ކަންކަމަށް ހުށަހެޅިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، މެރިޓައިމް އިކޮނޮމީއަކަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް މެރިޓައިމް އިމަޖެންސީ ރެސްޕޮންސް ނުހަނު މުހިންމު އެއްޗެއް ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަލަށް ޤާއިމްކުރެވޭ އެމްއާރުސީސީގެ މިބިލްޑިންގްގައި އެކުލެވިފައިވާ ފެސިލިޓީތަކަކީ އެ ދާއިރާގެ ތަރައްޤީއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމުގައި ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޖަޕާނަކީ އަބަދުވެސް ދިވެހިރާއްޖޭގެ މެރިޓައިމް ޑޮމެއިންއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި އެހީވަމުން އަންނަ ޤައުމެއްކަމަށާއި، ޖަޕާނަކީ ދިވެހިރާއްޖޭގެ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަން ފާހަގަކުރައްވައި، މި މަޝްރޫޢުއަށް ޑޮނޭޓްކުރައްވާ ޖަޕާނު ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޑިފެންސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީގެ ވާހަކަފުޅުގައި، އެމް.އާރ.ސީ.ސީގެ ބައިނަލްއަޤްވާމީ ޒިންމާތައް ފާހަގަ ކުރެއްވުމުގެ އިތުރުން އެތަނުގެ ތާރީޚްއާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން އެމްއާރުސީސީ ފުރަތަމަ ޤާއިމުކުރެވުނީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް ސެންޓަރެއްގެ ގޮތުގައި 2003 ވަނަ އަހަރު ކަމަށާއި، އޭގެ ފަހުން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)" އަށް ބަދަލުވެގެން ދިޔައީ 2012 ވަނަ އަހަރު ކަމުގައިކަން ފާހަގަކުރެއްވިއެވެ. އަދި، އަލަށް ބިންގާ އެޅިގެންދާ ސެންޓަރުގެ ސަބަބުން އެމްއާރުސީސީ އިތުރަށް ތަރައްޤީކުރެވި، ޔޫއެންއޯޑީސީގެ ޓްރެއިނިން ޕްރޮގްރާމުތައް އެތަނުގައި ހިންގުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ 2021 ފެބުރުވަރީ 21 ވަނަ ދުވަހު އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗި މިޑޯރި އާއި ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ޔޫއެން އޯޑީސީގެ ކޯޑިނޭޓަރ ޕަރނިލް ވޯލް ރަސްމުސެން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެމްބެސަޑަރ އެޓް ލާރޖް އަޙްމަދު ސަލީމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ބައެއް ޖެނެރަލް އޮފިސަރުންނާއި ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ އާއި އެމްއެންޑީއެފްގެ ބައެއް ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އެމްއާރުސީސީއެމްއެންޑީއެފްދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު