Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރައްޒާގުބެ މެމޯރިއަލް ކަޕް 2022

ސިކްސް އެކްސް ބަލިކޮށް، ޗެލެންޖަރސްއިން ފުރަތަމަ މޮޅު ހޯދައިފި

ޗެލެންޖަރސް މޮޅުވީ 5-0 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2022 | ހުކުރު 02:58
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން

ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން

ރައްޒާގުބެ މެމޯރިއަލް ކަޕްގައި ސިކްސް އެކްސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޗެލެންޖަރސްއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޗެލެންޖަރސް ނިކުތީ އޯލް އެޓޭކާ ދެކޮޅަށެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ސިކްސް އެކްސްއާ ދެކޮޅަށް ކުޅުނު މެޗު ޗެލެންޖަރސްއިން ކާމިޔާބުކުރީ 5-0 ންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. ޗެލެންޖަރސްގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ސާއިފް ރަޝީދުއެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ރާއިފް އަހުމަދު، އަހުމަދު ނިމާލް، މުހައްމަދު ނާއިމް އަދި އަހުމަދު ނޫމާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލެންޖަރސްގެ މުހައްމަދު ޝަހީމްއެވެ.

ފަސް ޓީމު ވާދަކުރާ މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓު ލިބޭ ތިން ޓީމު ސެމީ ފައިނަލަށް ދާ ގޮތަށެވެ. ފުރަތަމަ ސެމީގައި ވާދަކުރާނީ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. މި ސެމީން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގަ ލިބޭނެއެވެ. ބަލިވާ ޓީމު ޖެހޭނީ ތިންވަނަ ޓީމާއެކު ދެވަނަ ސެމީ ކުޅެންށެވެ.

މުބާރާތުގެ މިއަދުގެ މެޗުގައި ބައްދަލުކުރާނީ އޯލް އެޓޭކާއި އެކްސިޓޯއެވެ. އެކްސިޓޯން ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. އޯލް އެޓޭކް ކުޅުުނު ފުރަތަަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރައްޒާގުބެ މެމޯރިއަލް ކަޕް ކ. ގުރައިދޫ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

05 ފެބުރުއަރީ 2025
ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް
18 ޑިސެމްބަރު 2024

ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

18 ޑިސެމްބަރު 2024
ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2024

އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

25 އޮކްޓޯބަރު 2024
އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
08 ޖޫން 2024

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

08 ޖޫން 2024
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު