Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންވެލްތު ބައްދަލުވުން

ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށް ރައީސް ރުވާންޑާއަށް ވަޑައިގެންފި

މިއީ ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނުފަހުން ބާއްވާ ފުރަތަމަ ބައްދަލުވުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 ޖޫން 2022 | ބުރާސްފަތި 12:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރުވާންޑާއަށް ވަޑައިގެންނެވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރުވާންޑާއަށް ވަޑައިގެންނެވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ވަޑައިގެންފިއެވެ. 

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޒޯން-މަރީ ވިއަނޭ ގަތަބާޒީއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީ އާއި، އިންސާނީ ހައްގުތަކާއި، ހެޔޮ ވެރިކަމާއި، ގައުމުތަކުން އެކުގައި މަސައްކަތްކުރުމާއި، ދުނިޔޭގެ ސުލްހަމަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައާއެކު (ޚާއްސަކޮށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު) ރާއްޖެއިން އަބަދުވެސް މަސައްކަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި، ސަރުކާރުން މަސައްކަތްކުރަމުން ދަނީ ގިނަ ގައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރީއާއިން، އެންމެން ޝާމިލުވާ، އަދި ތިމާވެއްޓާމެދު ހޭލުންތެރި، ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ހޯދުމަށެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ގައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާ ބައްދަލުކުރެއްވުންތަކުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެއެވެ.

މި ބައްދަލުވުމަށް 54 ގައުމެއްގެ އެންމެ އިސްވެރިން ކިގާލީއަށް ވަޑައިގަންނަވާއިރު، މި ބައްދަލުވުމުގައި، ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިއާއި، މަދަނީ މުޖުތަމައުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން، ކޮމަންވެލްތު ލީޑަރުންގެ ރިޓްރީޓުގައި ވަކިން ބައްދަލުކުރައްވައި، އެ ގައުމުތަކުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

2020 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، މިއީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު