Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފި

ބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފި

5 ރަށެއް ހޮވާ ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާ ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖޫން 2022 | ބުރާސްފަތި 04:30
ބީއެމްއެލް ފެހި ޕްރޮޖެކްޓް

ބީއެމްއެލް ފެހި ޕްރޮޖެކްޓް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި ކުރިއަށްގެންދާ "ބީއެމްއެލް ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފިއެވެ.

ބީއެމްއެލުން ވަނީ ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް މި ޕްރޮޖެކްޓް ހިންގުމަށް ނިންމާފައެވެ. މިއީ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހަރަކާތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މި ޕްރޮޖްކްޓުގެ ދަށުން ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދައި ރަށްރަށުގައި ގަސް އިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް ކޮންމެ އަހަރަކު 5 ރަށެއް ހޮވައި ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާ ކުރާނެއެވެ. މީގެ ސަބަބުން ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ފެހި ޕްރޮޖެކްޓުގެ އެހީގައި ރަށްރަށުގައި ގަސް އިންދުމަށް އެހީވެ، ކާބަން ފުޓްޕްރިންޓް ދަށްކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަނަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށު ކައުންސިލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު