ކ. މާލެ
|
22 ޖޫން 2022 | ބުދަ 16:23
ޔޯގާ އިވެންޓަށް ވަން މީހުން ބޭނުންކުރި ދިދައާއި ސައުންޑް ޕީޕީއެމް އޮފީހުން ފަތިސްގަޑީގައި ނެރެނީ
ޔޯގާ އިވެންޓަށް ވަން މީހުން ބޭނުންކުރި ދިދައާއި ސައުންޑް ޕީޕީއެމް އޮފީހުން ފަތިސްގަޑީގައި ނެރެނީ
އެމްވީކްރައިސިސް
ޔޯގާ ޑޭގެ ހަރަކާތަށް ދިން ހަމަލާ
ޔޯގާޑޭގެ، ޕީޕީއެމް އޮފީސްތެރޭގެ ސީސީޓީވީ ފުޓޭޖް ނައްތާލުމުގެ މަސައްކަތް ފަށައިފި
މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންކަން، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭކަމަށް ފުލުހުން ބުނޭ
މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުން ދަނީ ކުރަމުން
މިކަމުގެ ބޭނުމަކީ ޕީޕީއެމް އޮފީސް ތެރޭގައި ބޭނުންކުރި ދިދައާއި ޓީޝާޓް އަދި ސައުންޑް ސިސްޓަމްތައް ނެރޭ މަންޒަރުތަކާއި، އެކަމާގުޅިގެން ބައްދަލުކުރި މީހުންގެ ވީޑިއޯތައް ނައްތާލުން

ޕީޕީއެމްގެ އިސްވެރިއެއްގެ އެންގެވުމަށް މި މަހުގެ 20 އަދި 21 ވަނަ ދުވަހުގެ ޕީޕީއެމް އޮފީސް ތެރޭގެ ސީސީޓީވީ ފުޓޭޖް ނައްތާލުމުގެ މަސައްކަތް، އެޕާޓީގެ ޓެކްނޮލިޖީ ޑިޕާޓްމެންޓުން ކުރަމުންދާކަމުގެ އިތުބާރުހުރި މައުލޫމާތު "ރާއްޖެއެމްވީ"އަށް ލިބިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެޕާޓީގެ އެކްޝަން ޑިޕާޓްމެންޓަށް ނިސްބަތްވާ މެމްބަރަކު ބުނީ، މިކަމުގެ ބޭނުމަކީ އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުރިޔަށްގެންދިޔަ ހަރަކާތް ހުއްޓުވުމަށް ޕީޕީއެމް އޮފީސް ތެރޭގައި ބޭނުންކުރި ދިދައާއި ޓީޝާޓް އަދި ސައުންޑް ސިސްޓަމްތައް ނެރޭ މަންޒަރުތަކާއި، އެކަމާގުޅިގެން ބައްދަލުކުރި މީހުންގެ ވީޑިއޯތައް ނައްތާލުންކަމަށެވެ.

އަދި މިއީ މިކަމާ ގުޅިގެން ސަލަފުގެ ބޭފުޅުން އެ އޮފީސްތެރޭގައި ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގެ ފުޓޭޖް ނައްތާލުމާއި، މިކަމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތްކަން ދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

މިކަމާގުޅޭ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން - ރާއްޖެއެމްވީ

އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ބަޔަކު ވަނީ ހަމަލާ ދީފައެވެ. ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭކަމަށެވެ. އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް ސަލަފުން ވަނީ އެކަމުގައި އެ ޖަމްއިއްޔާގެ ބައިވެރިވުމެއް ނެތްކަން ހާމަކޮށްފައެވެ. އެގޮތުން ޔޯގާ ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމާއި ސަލަފް ޖަމްއިއްޔާއާ ގުޅުމެއް ނެތްކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

- ކޮމެންޓް