Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު މިސްކިތުގެ މުންނާރު ސާފުކުރުން

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

22 ޖޫން 2022 | ބުދަ 01:47

މިއީ 2019 ވަނަ އަހަރުން ފެށިގެން ސްޓެލްކޯއިން ކުރާ މަސައްކަތެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ޖޫން 2022 | ބުދަ 01:47
ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ފެށުން

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ފެށުން

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ފެށި މި މަސައްކަތަކީ ނޭޝަނަލް ސެންޓަރ ފޯރ ކަލްޗުރަލް ހެރިޓެޖް އާއި ހެރިޓެޖް އެންޑް ކަލޗަރ މިނިސްޓްރީ އާއި ސްޓެލްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.

Advertisement - newsAdvertisement

މި މަސައްކަތް ފާއިތުވި 3 އަހަރު ވެސް ވަނީ ކޮށްފައެވެ. މި މަސައްކަތް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ސްޓެލްކޯއިން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންގެ ކުންފުންޏަކަށްވާއިރު އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ފުރިހަމަ ކުރުން މުހިންމު ކަމަށެވެ. އަދި މި ޒިންމާގެ ދަށުން ތާރީޚީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މުންނާރު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންމެ މަހަކު ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތާ ގުޅޭގޮތުން މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓެޖް، ޔުމްނާ މައުމޫން ވިދާޅުވީ ހުކުރުު މިސްކިތް ފަދަ ތަރިކަތައް ރައްކާތެރި ކުރުމުގައި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ތަރިކަ ރައްކާތެރި ކުރުމަކީ އެންމެންގެ ޒިންމާއެއް ކަން ފާހަގަކުރައްވާ ސްޓެލްކޯއިން ދައްކުވައިދެނީ ފުރިހަމަ ނަމޫނާއެއް ކަމަށާއި އެހެން ކުންފުނިތަކުންވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ 2019، 2020 އަދި 2021 ވަނަ އަހަރު ވެސް ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ. އެ ކުންފުނީގެ މި މަސައްކަތުގައި ހަރަކާތްތެރިވަނީ އެ ކުންފުނީގެ މުވައްޒަފުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 މެއި 2017

ހުކުރު ނަމާދަށްފަހު މިއަދުވެސް ދުއާ ކޮށްފި

19 މެއި 2017
ހުކުރު ނަމާދަށްފަހު މިއަދުވެސް ދުއާ ކޮށްފި
17 މެއި 2017

ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ

17 މެއި 2017
ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ
28 އެޕްރީލު 2017

ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ

28 އެޕްރީލު 2017
ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
18 މާރިޗު 2017

އެޗްވަންއެންވަން އަށް ހުކުރު ދުވަހު އިތުރު 6 މީހުން ޕޮސިޓިވް ވެއްޖެ

18 މާރިޗު 2017
އެޗްވަންއެންވަން އަށް ހުކުރު ދުވަހު އިތުރު 6 މީހުން ޕޮސިޓިވް ވެއްޖެ
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް  ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް