Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްވަންއެންވަން

އެޗްވަންއެންވަން އަށް ހުކުރު ދުވަހު އިތުރު 6 މީހުން ޕޮސިޓިވް ވެއްޖެ

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ދެ މީހުން ވަނީ މަރުވެފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 18 މާރިޗު 2017 | ހޮނިހިރު 17:07
ޢާޢީޖީއެމްއެޗް ފްލޫ ކްލިނިކް

ޢާޢީޖީއެމްއެޗް ފްލޫ ކްލިނިކް

މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ހުކުރު ދުވަހުގެ ނިޔަލަށް އިތުރު ހަ މީހަކަށް އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އިރު މި ރޯގާ ގައި ހަ މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިހާތަނަށް 350 މީހުން ޓެސްޓް ކުރެވިފައިވާ އިރު މިހާތަނަށް އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޖުމްލަ 114 މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ހުކުރު ދުވހު ވަނީ މާލެއިން އެކަނި 680 މީހުން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކާފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކުން 343 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު އޭޑީކޭ އިން 181 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ވައިރަލް ހުން ޖެހިގެން، އަތޮޅުތަކުގެ ފްލޫ ކްލިނިކަށް 869 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

Advertisement - newsAdvertisement

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައިވަނީ، ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެދުވަހު އަތޮޅުތަކުގެ ފްލޫ ކްލިނިކުން 1551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަދި މާލެއިން 989 މީހުން ފްލޫ ކްލިނިކް ތަކަށް ދައްކާފަ އެވެ.

ހުކުރު ދުވަހު އަތޮޅުތަކުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ، ނ އަތޮޅާއި ރ އަތޮޅެ އެވެ. އެގޮތުން ނ އަތޮޅުގެ ފްލޫ ކްލިނިކަށް 104 މިހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ރ އަތޮޅުގައި ޑޮކްޓަރަށް ދައްކާފައިވަނީ،99 މީހުންނެވެ.

މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅޭ ގޮތުން ޑޮކްޓަރުން ވިދާޅު ވަނީ މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން އަމިއްލަ ސާފުތާހިރު ކަމަށް ސަމާލުވާން ޖެހޭ ކަމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލީގެ އަލާމާތްތައް ފެންނަ ކަމުގައިވާ ނަމަ މީހުންގެ ތެރެއަށް ނުކުންނަ އިރު މާސްކް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ވަނީ މި ބައްޔަކީ ވެސް އާއްމުކޮށް މިއުޅޭ ފަދަ ފްލޫއަކަށް ވުމާ އެކު އެބައްޔަށް ފަރުވާ ހޯދުމުގައި ބޮޑުވަރު ނުވާ މީހުން ކޮންމެހެން ފްލޫ ކްލިނިކްތަކަށް ނުދިއުމަށް އެދިފަ އެވެ. އެގޮތުން ހާލު ދެރަނުވާ ހާލަތުގައި ފްލޫ ކްލިނަކަށް ދިއުމުން، ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިންފްލުއެންޒާ ޖެހުމަށް އޮތް ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރި ވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނަ އިން ދިޔާ އެއްޗެހި ބުއި މަށާއި، ހުން ގަދަވާނަމަ ހަށިގަނޑުގައި ފެން ހޭކުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ދެ މީހުން ވަނީ މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު