Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިނަލްއަގުވާމީ ޓީޗަރސް ކޮންފަރެންސް

ހަވަނަ ބައިނަލްއަގުވާމީ ޓީޗަރސް ކޮންފަރެންސް އޮކްޓޯބަރުގައި ކުޅުދުއްފުށީ ސިޓީގައި ބާއްވަނީ

20 ޖޫން 2022 | ހޯމަ 11:15

6 ވަނަ ޓީޗަރސް ކޮންފަރެންސް ބާއްވަނީ މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށްއޮތް ތަނުގައި ތަޢުލީމް ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭ ގޮތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2022 | ހޯމަ 11:15
ފަސްވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަސްވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަވަނަ ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް އޮކްޓޯބަރު މަހު ކުޅުދުއްފުށި ސިޓީގައި ބާއްވާގޮތަން ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއައިއީ ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބް ވިދާޅުވީ ކޮންމެ 2 އަހަރުން އެއް އަހަރު ޓީޗަރސް ކޮންފަރެންސް ބާއްވަމުން އަންނައިރު މިދިޔަ އަހަރު މި ކޮންފަރެންސް ނުބޭއްވުނީ ކޮވިޑްގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

ކޮންމެ 2 އަހަރަކުން އެއްހަރަކު ބާއްވާ މި ކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒުކޮށްގެން ރާއްޖެގައި މި ފެންވަރުގައި ބާއްވާ ހަމައެކަނި ކޮންފަރެންސެވެ. މީގެ ކުރިން 5 ފަހަރު މި ކޮންފަރެންސް ބާއްވާފައިވާއިރު، މި ފަހަރު ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 9ން 10ށް ކުޅުދުއްފުށީ ސިޓީގައެވެ.

މި ކޮންފަރެންސްގެ ފުރަތަމަ 4 ކޮންފަރެންސް ބޭއްވީ މާލޭގައެވެ. އަދި ފަސްވަނަ ކޮންފަރެންސް ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. މާލެއިން ބޭރުގައި ކޮންފަރެންސް ބޭއްވުމުގެ މަގުސަދަކީ އެ ސަރަހައްދެއްގައި އުޅޭ ޓީޗަރުންނަށް އެކަމުގެ މަންފާއާއި ފައިދާ އެންމެ ފުރިހަމަ ގޮތުގައި ދިނުން ކަމަށް ޝަކީބް ވިދާޅުވިއެވެ.

މި ކޮންފަރެންސާއި ގުޅޭ ގޮތުން އެންއައިއީގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް އަދި ކޮންފަރެންސްގެ ކޯޑިނޭޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ، 6 ވަނަ ޓީޗަރސް ކޮންފަރެންސް ބާއްވަނީ މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށްއޮތް ތަނުގައި ތަޢުލީމް ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށެވެ.

އެހެންއަހަރުތަކޭ އެއްފަދައިން މިފަހަރުގެ ކޮންފަރެންސްގައި ވެސް ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މި ފަހަރުގެ ކޮންފަރެންސް ވެސް ކަރުދާސް ހުށަހެޅުމުގެ ކުރިން ހުށަހަޅަންޖެހޭ އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް މަހުގެ 7 ވަނަ ދުވަސް ކަމަށް ޝުހުދާ ވިދާޅުވިއެވެ.

6 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ރާއްޖޭގައި ތިބި ތަޖުރިބާކާރުންނާއި، ބޭރުގެ ތަޖުރިބާކާރުން ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނެއެވެ. މިފަހަރުގެ ކޮންފަރެންސްގައި 250 ވަރަކަށް މީހުން ބައިވެރިވާނެކަމަށް އެންއައިއީން ލަފާކުރެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި

04 އޮކްޓޯބަރު 2017
ލަންކާގައި ކުރިއަށްދާ ކޮންފަރެންސްގައި މަސީހާ ދެކޮޅަށް ފްލަޔާތަކެއް ބަހައިފި
13 ސެޕްޓެމްބަރު 2017

ބައިނަލްއަގުވާމީ ގަވާއިދުތަކާއި ޚިލާފަށް ރައީސް ނަޝީދު ހައްޔަރުކޮށްގެން ނުގެންދެވޭނެ: ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން

13 ސެޕްޓެމްބަރު 2017
ބައިނަލްއަގުވާމީ ގަވާއިދުތަކާއި ޚިލާފަށް ރައީސް ނަޝީދު ހައްޔަރުކޮށްގެން ނުގެންދެވޭނެ: ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން
10 ސެޕްޓެމްބަރު 2017

އުއްތަމަ ފަނޑިޔާރަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ:ނަޝީދު

10 ސެޕްޓެމްބަރު 2017
އުއްތަމަ ފަނޑިޔާރަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ:ނަޝީދު
16 އޯގަސްޓު 2017

އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދާނަން: ގުޅިފައިވާ ޕާޓީތައް

16 އޯގަސްޓު 2017
 އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދާނަން: ގުޅިފައިވާ ޕާޓީތައް
05 އޯގަސްޓު 2017

ރާއްޖެއިން މަރުގެ ހުކުމް ތަންޒީފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން!

05 އޯގަސްޓު 2017
ރާއްޖެއިން މަރުގެ ހުކުމް ތަންޒީފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން!
04 ޖުލައި 2017

އަދީބަށް ސިއްހީ ފަރުވާ ނުދޭ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަދެއްޖެ: ޑރ ޝަހީދު

04 ޖުލައި 2017
 އަދީބަށް ސިއްހީ ފަރުވާ ނުދޭ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަދެއްޖެ: ޑރ ޝަހީދު
02 ޖުލައި 2017

ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި

02 ޖުލައި 2017
 ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި
08 ޖޫން 2017

އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ

08 ޖޫން 2017
އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް