Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް

ހޯމަ ދުވަހުން ފެށިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން އަންގައިފި

އައު މަގާމެއް ނުއުފެއްދުމާއި، މުވައްޒަފުންނަށް އައު އެލަވެންސެއް ދޭން ނުފެށުމާއި، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ އެއްވެސް ޕްރޮމޯޝަނެއް ނުދިނުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 18:03
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް

ސަރުކާރު އޮފީސްތަކުން ކުރާ ހަރަދުތައް ކުޑަކޮށް، އައު މަގާމް އުފެއްދުމައި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށް އަންގާ ހޯމަ ދުވަހުން ފެށިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސަރކިއުލާގައި ބުނެފައިވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އަގުތައް އުފުލި ދައުލަތުގެ ހަރަދުތައް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއާއި ކުރަން ޖެހޭ ހަރަދު ދިމާނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގޮންޖެހުންތަކެއް ދިމާވެދާނެކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި ސަރކިއުލާގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެކަމަށެވެ. އަދި މި ދަނޑިވަޅުގައި މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް ހަރަދުތައް އިގްތިސާދު ކުރުމަށް މިވަގުތު ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ނުކުރުމަށް ވަކި ކަންތަކެއް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ބަޖެޓުން ހަރަދުކުރާ އެއްވެސް އައު މަގާމެއް ނުއުފެއްދުމާއި، މުވައްޒަފުންނަށް އައު އެލަވެންސެއް ދޭން ނުފެށުމާއި، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ އެއްވެސް ޕްރޮމޯޝަނެއް ނުދިނުން އަދި ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ފިޔަވައި އިތުރުގަޑީގެ މަސައްކަތް ނުކުރުމަށް ސަރކިއުލާއިން އަންގާފައިވެއެވެ.

7 ދާއިރާއަކުން ހަރަދު ކުޑަކުރަން ވަނީ ނިންމާފައެވެ. އެގޮތުން އައު މަގާމެއް ނުއުފެއްދުމާއި، އައު އެލަވެންސެއް ދިނުން ފަދަ ކަމެއް ނުކުރުމުގެ އިތުރުން މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން އަދި އިތުރުގަޑީގެ ފައިސާ ލިމިޓް ކުރުމަށް ވަނީ އަންގާފައެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމާއި، ސްޓަޑީޓުއަރ އަދި ޓްރެއިނިންގ ދަތުރު ހުއްޓާލުމާއި، އެތެރޭގެ ދަތުރުތައް ކުރުމުގެ ކުރިން ދުރާލާ ފައިނޭންސް ހޯދުން ހިމެނެއެވެ.

މީގެ އިތުރުން އޮފީސް ހިންގުމުގެ ބޭނުމަށް 5000 ރުފިޔާއަށްވުރެ އަގުބޮޑު ތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމާއި، އައު ހިދުމަތެއް ތައާރަފް ކުރާނަމަ 5000 ރުފިޔާއަށްވުރެ އިތުރަށް ހަރަދުވާނަމަ މިނިސްޓްރީގެ ހުއްދަ ހޯދަން އަންގާފައިވެއެވެ. އަދި ތަމްރީނުތަކަށް ކުރާ ހަރަދުތަކުގެ ތެރެއިން، އައު ސްކޮލަރޝިޕްތައް ނުދިނުމާއި، 5000 ރުފިޔާއަށްވުރެ އިތުރަށް ޕްރޮގްރާމްތައް ހިންގާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގާފައިވެއެވެ.

އޮފީސް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ނޫން އެހެން މަސައްކަތް ނުކުރުމާއި، 5000 ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނަމަ މިނިސްތްރީގެ ހުއްދަ ހޯދުމަށް އަންގާފައިވެއެވެ. އަދި ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން 5000 ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާ ކެޕިޓަލް ހަރަދެއް ނަމަ އެކަން ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ސަރކިއުލާއިން ވަނީ އަންގާފައެވެ.

ހޯމަ ދުވަހުން ފެށިގެން މި ސަރކިއުލާއަށް ދައުލަތުގެ ހުރިހާ އޮފީސްތަކުން އަމަލުކުރަން އަންގާފައިވާ އިރު، ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ކަންތަކާއި ގުޅިގެން، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ޙާލަތު ވަރަށްގާތުން މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާ ކަމަށެވެ. ފުރަތަމަ ކަމަކަށް، ދައުލަތުގެ ރިކަރެންޓް ޚަރަދު، ލިބޭ އެއްޗަކުން ހަމަޖެއްސުން އެއީ ކުރައްވާނެ ކަމެއް ކަމަށާއި، އެގޮތަށް އަމާޒުހިފައި، އެގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި ބައެއް އާ މަޝްރޫޢުތައް ފެށުންވެސް މިހާރުވާނީ ހުއްޓާލާފައި ކަމަށާއި، އިތުރު އާ ބޮޑު މަޝްރޫޢެއް، އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން މިވަގުތު ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާ އެކީގައި މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ. ފާސްކުރި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޑެޕްޓް ފައިނޭންސިންގ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ކަމަށާއި އޭގެތެރެއިން 7.9 ބިލިއަން ރުފިޔާ ސެކުއަރ ކުރެވި، އިތުރަށް ބޭނުންވާ 2 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ނުލިބިއްޖިއްޔާ ކުރަންޖެހޭނެ ކަމަކީ، ބައެއް މަޝްރޫޢުތައް ހުއްޓާލުން ކަމަށާއި، ޚަރަދުތައް ކުޑަކޮށްފައި، ލިބޭ އެއްޗަކުން ދެކޮޅުޖެއްސުން ކަމަށާއި، އެކަން ކުރައްވާނެ ކަމަށެވެ.

ރައްޔިތުންނަށް ކަރަންޓް ދިނުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުން، ސަބްސިޑައިޒް ކުރަމުން އައިސްފައިވާ ކަމަށާއި، އެގޮތުން، ދައުލަތުގެ ބަޖެޓުގައި މި އަހަރު ޖަހާފައި އޮންނާނީ 341.5 މިލިއަން ރުފިޔާ ކަމަށެވެ. އެއީ އޭރު ތެލުގެ އަގު، ދުނިޔޭގެ މާކެޓުގައި ހުރިވަރަށް ބަލާފައި ކަމަށެވެ. އެހެން ނަމަވެސް، މިއައި ބަދަލާއެކު، އިތުރަށް 1.6 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ދޭންޖެހޭ ކަމަށެވެ. އަދި މި އަގުގައި މިގޮތަށް ގެންދާ ކަމަށްވަންޏާ ސަރުކާރުން އެ ޚަރަދު ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް، މިފަދަ ކޮންމެ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކަމަށާއި، އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އިޤްތިޞާދު ހުރީ ރަނގަޅު މިޞްރާބުގައި ކަމަށެވެ. އަދި މިއައި ބަދަލާ އެކީގައި ޚަރަދުތައް ބޮޑުވެގެންދިޔަ ނަމަވެސް، ފުރަތަމަފަހަރަށް 2023 ވަނަ އަހަރު ނިމޭއިރުގައި، ނޮމިނަލް ޖީ.ޑީ.ޕީ. 100 ބިލިއަން ރުފިޔާ ޚަރަދު ކްރޮސް ކުރާނެ ކަމަށެވެ. އަދި އަންދާޒާއަކީ، މި އަހަރުގެ ޖީ.ޑީ.ޕީ. ގްރޯތް 13 ޕަސެންޓުގައި ހިފެހެއްޓުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހު ވަނީ ކާޑުގެ ބާވަތްތަކާއި، ތެލާއި، ބޭސް، ދަތިނުވެ ރާއްޖެއަށް މަހުން މަހަށް ގަނެވޭވަރަށް ފައިސާ ހުންނާނެ ކަމުގެ ޔަގީންކަށް ދެއްވާފައެވެ. އަދި މިހާތަނަށް ޔޫޒަބަލް ރިޒަރވް ހަމަ އެންމެ ގިނައިން ހުރި އެއް އަހަރަށް މި އަހަރު ވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

26 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

23 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު