Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންކެޓިއޭ އެއްބަސްވުން އާކުރުން

އެޑީ އެންކެޓިއޭއަށް އާސެނަލްގެ ޚާއްޞަ 14 ނަމްބަރު ޖަރޒީ

ސޮއިކުރީ ފަސް އަހަރުގެ އާ އެއްބަސްވުމެއްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 18 ޖޫން 2022 | ހޮނިހިރު 14:19
އެޑީއަށް އާސެނަލްގެ 14 ނަމްބަރު ޖަރޒީ ދެނީ: ފޮޓޯ-އާސެނަލް

އެޑީއަށް އާސެނަލްގެ 14 ނަމްބަރު ޖަރޒީ ދެނީ: ފޮޓޯ-އާސެނަލް

ފަސް އަހަރުގެ އާ އެއްބަސްވުމެއްގައި ސޮއިކުރި އާސެނަލްގެ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭއަށް ކްލަބްގެ 14 ނަމްބަރު ޖަރޒީ ދީފިއެވެ. އާސެނަލްގެ 14 ނަމްބަރު ޖަރޒީއަކީ އެކްލަބްގެ ލެޖެންޑް ތިއަރީ އޮންރީ ބޭނުންކުރި ނަމްބަރެވެ. މިއީ ކްލަބްގެ ފަޚުރުވެރި ނަމްބަރެކެވެ. މިދިޔަ ސީޒަންގައި އެޑީ ބޭނުންކުރީ 30 ނަމްބަރު ޖަރޒީއެވެ.

23 އަހަރުގެ ފޯވާޑް އާ އެއްބަސްވުމުގައި ސޮއިކުރުމުން ކޯޗު އާޓެޓާވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ އެޑީއަކީ އާސެނަލްގެ އުޞޫލުތައް ހިފަހައްޓާ ކުޅުންތެރިއެއްކަމަށެވެ. މިދިޔަ ސީޒަނަކީ އެޑީ އެންކެޓިއޭ ތަފާތު ދެއްކި ސީޒަނެކެވެ. އާސެނަލް ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގައިވެސް ފުރަތަމަ އެގާރައިގައި އޭނާ ކުޅުނެވެ. 2017 ވަނަ އަަހަރު އާސެނަލްގެ ސީނިއަރ ޓީމުން ފުރަތަމަ ޖާގަ ހޯދި އެޑީ ވަނީ 92 މެޗުން އާސެނަލްއަށް 23 ގޯލް ޖަހައިދީފައެވެ.

އެޑީއަކީ އިނގިރޭސި 21 އަހަރުގެ ދަށުގެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެޓީމަށް އޭނާ ވަނީ 17 މެޗުން 16 ގޯލް ޖަހައިދީފައެވެ. 2021 ވަނަ އަހަރު 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމްގެ ކެޕްޓަނަކީވެސް އެޑީ އެންކެޓިއޭއެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2017

ކްލަބް ފްރެންޑްލީ: ޓޮޓެންހަމް އިން ޕީއެސްޖީ ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި

23 ޖުލައި 2017
ކްލަބް ފްރެންޑްލީ: ޓޮޓެންހަމް އިން ޕީއެސްޖީ ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި
10 ޖުލައި 2017

އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

10 ޖުލައި 2017
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
29 އެޕްރީލު 2017

ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ

29 އެޕްރީލު 2017
ޔުނައިޓެޑަށް ބަދަލުވެ ރޫނީގެ 10 ނަމްބަރު ހަމޭސް އަތުލަނީ
11 އެޕްރީލު 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

11 އެޕްރީލު 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު