Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު މައްސަލައިގެ އަޑުއެހުމެއް މާދަމާ

މައްސަލަ ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:30ށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2022 | ހޮނިހިރު 09:08
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމްގެ ދައުވާއާވެސް އެކުގައި ކުރިއަށް ގެންދާ މި މައްސަލަ ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:30އަށެވެ. މި އަޑުއެހުމަކީ މި މައްސަލައިގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މިދިޔަ ބުރާސްފަތި ދުވަހުވެސް މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ދުވަހުގެ އަޑުއެހުމުގައި 2 ހެތްކެއްގެ ހެކިބަސް ނެގުމަށް ތާވަލުކުރިނަމަވެސް، އެއް ހެތްކެއްގެ ހެކިބަސް ނެގުމުގެ އަޑުއެހުން މާ ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ، މައްސަލަ ބައްލަވާ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ އަޑުއެހުން ކުރުކޮށްލައްވާފައެވެ. ވުމާއެކު، އާދިއްތަ ދުވަހުގެ އަޑުއެހުމަކީ އެ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެއްކަމަށް ބެލެވެއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ނަގާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒުގެ ހެކިބަހެވެ. އޭނާ ހެތްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހި ފުލުުހުންގެ ޚިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.

ހެކިވެރިޔާ ބުނީ، ރިޕޯޓު ތައްޔާރުކުރުމަށް ތަހުގީގުކުރާ ފަރާތުން އެދިފައިވަނީ ވަކި މޯބައިލް ނަންބަރަކުން ކޮށްފައިވާ މުއާމަލާތްތަކެއް ހޯދުމަށްކަމަށެވެ. އެގޮތުން ޕެންޑްރައިވްތައް ތަހުލީލުކުރިއިރު އެ ނަންބަރުގެ މެސެޖާއި ކޯލް އެލަރޓްތައް ފެނިފައިވާކަމަށް އޭނާ ބުންޏެވެ.

އެ ނަންބަރުން ފޮނުވާފައިވާ ވައިބަރ ޗެޓްލޮގެއްވެސް ފެނިފައިވާކަން އޭނާ ފާހަގަކުރިއެވެ.

އޭނާ ވަނީ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީއަށް ގެނެވޭ ހެކިތައް ތަހުލީލުކޮށް ރިޕޯޓު ތައްޔާރުކުރާގޮތާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ޑިޖިޓަލްކޮށް "ޑޭޓާ އެކްސްޓްރެކްޓް" ކުރެވޭގޮތާ ގުޅޭގޮތުން އޭނާ ވަނީ ދައުލަތާއި ދިފާއުގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

ރައީސް ޔާމީންޔާމީންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު