Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ހަރަކާތް

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގާނޫނުތައް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅިދާނެކަމަށް ކޮމިޓީން ނިންމައިފި

16 ޖޫން 2022 | ބުރާސްފަތި 10:01

މި ހަރަކާތުގެ ސަބަބުން ނަފްރަތާއި ދެކޮޅުވެރިކަން އުފެދި ދެގައުމުގެ ރައްޔިތުންގެ ފުރާނައާއި މުދަލަށް ގެއްލުން ލިބޭ ހިސާބަށް ކަންކަން ބޮޑުވެގެން ދިއުން އެކަށީގެންވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖޫން 2022 | ބުރާސްފަތި 10:01
އިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތް ހުއްޓުވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާނަމަ އެ ހުރަސްތައް ނައްތާލުމަށް ކަމާގުޅޭ ގާނޫނުތައް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅިދާނެކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމާ ރިޕޯޓް އާންމުކޮށްފިއެވެ.

ސަލަމާތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ހުށަހަޅާފައިވާ މައިގަނޑު ދެ ހުށަހެޅުމެއް ވަނީ ފާސްކޮށް ރިޕޯޓުގައި ހިމަނާ މެންބަރުންނަށް ފޮނުވާ، އަދި އެ ރިޕޯޓްތަކަށް އިސްލާހު ހުށަހެޅުމަށް ފުރުސަތު ދީފައެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް، ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ "އިންޑިއާ" އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްކަން ގަބޫލުކުރައްވާ ކަމަށާއި، އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތްކަމެއް ކަމަށެވެ.  

އަދި އެ މައްސަލަ ބައްލަވައިދެއްވުން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކޮމިޓީގެ ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް ކޮމިޓީގެ ހުށަހެޅުންތަކާއެކު މި ރިޕޯޓް ފާސްކުރުމަށް 13 ޖޫން 2022 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ 2022 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ނިންމާފައެވެ.

މައިގަނޑު ދެ ކަމެއް ކޮމިޓީން ވަނީ ހުށަހަޅާފައެވެ. ފުރަތަމަ ކަމަކީ އިންޑިއާ އައުޓްގެ ނަމުގައި ހިންގަމުން އަންނަ ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމުގައިވާތީ އާއި ދިވެހިރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރެއްކުރާނެ ކަމަކަށްވެފައި، ބައިނަލްއަގުވާމީ ގުޅުންތަކަށް ހީނަރުކަން އަންނަކަމަކަށްވާތީ، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުމެވެ.

ދެވަނަ ކަމަކީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތް ހުއްޓުވުމަށް ގާނޫނީގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި ސަލާމަތީ ހިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅޭ ގާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މި ހުށަހެޅުން ވެސް ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ 24 ކަމެއް ކޮމިޓީން ހޯދާފައިވެއެވެ. އެގޮތުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން ބޭސްފަރުވާއަށާއި، އެނޫންވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން ހޯމް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މި ހަރަކާތުގެ ތެރޭގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުންވާފަދަ ކަންކަން ކުރެވެމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި، ދާހިލީ ހަމެޖެހުމާއި ސަލާމަތަށް އޭގެ ނުރަނގަޅު އަސަރު ފޯރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއްކަން ހޯމް މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރޭގައި ތަފާތު އެކި ކުށްކުރުމުގެ ރެކޯޑު އޮންނަ ފަރާތްތަކުން ހަރަކާތެތެރިވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން ނުރައްކާތެރި އަމަލުތައް ހިނގުން ގާތްކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ނަފްރަތާއި ދެކޮޅުވެރިކަން އުފެދި ދެގައުމުގެ ރައްޔިތުންގެ ފުރާނައާއި މުދަލަށް ގެއްލުން ލިބޭ ހިސާބަށް ކަންކަން ބޮޑުވެގެން ދިއުން އެކަށީގެންވާ ކަމަށާއި، މި ހަރަކާތް ރޭވި ސްޓްރެޓަޖައިޒް ކުރެވެމުންދަނީ އެ މިސްރާބަށްކަން ލިބެމުންދާ އެކި ރިޕޯޓްތަކުން ފާހަގަކުރެވޭކަން ދިވެހި ފުލުހުންގެ ހިދުމަތުން ފާހަގަކޮށްފައިވާ ކަމަށް މި ރިޕޯޓްގައި ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި ހިމެނެއެވެ.

މި ރިޕޯޓަކީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތްކަމެއް ކަމަށްވާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓެކެވެ.

އިންޑިއާ އައުޓްކުރީގެ ރައީސް ޢަބްދުﷲ ޔާމީންކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް