Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާހިދާ ދަރިފުޅު މަރާލި މައްސަލަ

ދަރިފުޅު މަރާލުމުގެ ކުށް ސާބިތުވި ޝާހިދާއަށް 17 އަހަރުގެ ޖަލު ޙުކުމެއް

16 ޖޫން 2022 | ބުރާސްފަތި 09:42

އޭނާ ތަންފީޒު ކުރަންޖެހޭނީ 11 އަހަރާއި، 2 މަސް ދުވަސް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖޫން 2022 | ބުރާސްފަތި 09:42
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 4 އަހަރުގެ ކުޑަކުއްޖަކު މަރާލި މައްސަލައިގައި އޭނާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް 17 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ޝާހިދާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ 22 މެއި 2022 ގައެވެ. އެ އަޑުއެހުމުގައި ވަނީ ޝާހިދާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. މި މައްސަލައިގައި ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އޭނާގެ މައްޗަށް 17 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

އެހެންނަމަވެސް، އޭނާ ބަންދުގައި ހުރި މުއްދަތު ޙުކުމުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ 11 އަހަރާއި، 2 މަސް ދުވަސްކަމަށް ސިއްރުން ކުރިއަށްދިޔަ މި އަޑުއެހުމާއި ގުޅޭގޮތުން އެ ކޯޓުގެ މީޑިއާ އޮފިޝަލު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ޝާހިދާ އޭނާގެ ދަރިފުޅު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގޮތުން އެ ކުއްޖާގެ އަތާއި، ކޮނޑުހުޅަށް ތޫނު އެއްޗަކުން ވަނީ ހަމަލާ ދީފައެވެ.

އެ ޚަބަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޙާދިސާ ހިނގި ރޭ ފަތިހު 05:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެއާއެކު އެ އަތޮޅުގައި ޤާއިމުކޮށްފައި ހުންނަ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް އެ މައްސަލައިގެ ތަޙުޤީޤު ފެށިއެވެ. އޭރު މާލެއިން ފުލުހުންގެ ޓީމަކާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް އެ މައްސަލަ ތަޙުޤީޤުކުރަން ގޮސްފައިވެއެވެ.

މި ޙާދިސާއާ ގުޅިގެން އެ ރަށުން މައުލޫމާތު ދިން ފަރާތްތަކުން އޭރު ބުނެފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު ޝާހިދާގެ ބައްޕަޔަށް ފެނުމުން، "ރޯ ވަރުން މަރާލީ" ކަމަށް ބުނެ އޭނާ ވަނީ ހަޅޭއްލަވާފައެވެ.

ކްރިމިނަލް ކޯޓްމަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް