Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ޙަމަލާގެ ޝަރީއަތް

މެއި 6 ހަމަލާ: ގާޒީންގެ ބެންޗު އަލުން އެކުލަވާލައިފި

މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ ދީބާނާޒް ފަހުމީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖޫން 2022 | ބުރާސްފަތި 09:37
ކްރިމިނަލް ކޯޓް- ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ ދީބާނާޒް ފަހުމީ ކަމަށް

ކްރިމިނަލް ކޯޓް- ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ ދީބާނާޒް ފަހުމީ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗު އަލުން އެކުލަވާލައިފިއެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ޙަބީބާއި، ގާޒީ މުހައްމަދު މިސްބާޙުއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް މުޙައްމަދު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. އެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމެވެ.

އެހެންނަމަވެސް، އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ، މި މައްސަލައިގައި ގާޒީ ތަނާޒުލްވެވަޑައިގަތުމަށް އެދި ދައުވާ ލިބޭ އިސްޙާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އިސްޙާގުގެ ސިޓީގައި ބަޔާންކޮށްފައިވަނީ އިސްޙާގުގެ އާއިލާ މީހެއްގެ މައްޗަަށް ދައުވާ ކޮށްފައިވާ މައްސަލައެއްގައި ޙުކުމަކާއި ހިސާބަށް ގޮސްފައިވަނިކޮށް އޭނާގެ އާއިލާގެ އެހެން މެމްބަރަކު ގާޒީ އާދަމްް މުޙައްމަދަށް އިންޒާރު ދީފައިވާ ކަމަށެވެ.

އިސްޙާގުގެ އާއިލާ މެމްބަރެެއްގެ ފަރާތުން ގާޒީ އާދަމް މުޙައްމަދަށް އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައިވާތީ އިސްޙާގުގެ ސިޓީގައި އެދިފައިވަނީ ގާޒީ އާދަމް މުޙައްމަދު މި މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށެވެ. ވުމާއެކު، ޝަރީއަތުންވެސް އެކަންކަން އިތުރަށް ސާފު ކުރުމަށްފަހު ގާޒީ ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގަންނަވާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އައު ބެންޗު މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ގާޒީ ސޮފްވަތު ޙަބީބާއި، ގާޒީ މުހައްމަދު މިސްބާޙުގެ އިތުރުން ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ ދީބާނާޒް ފަހުމީކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ ދީބާނާޒް ފަހުމީ ކަމަށެވެ.

ކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު