Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސަސައިޒް ބްލެކް މަރލިން

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ހިންގި "އެކްސަސައިޒް ބްލެކް މަރލިން" ކާމިޔާބުކަމާއެކު ނިންމާލައިފި

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ޖޫން 2022 | ބުރާސްފަތި 08:15
"އެކްސަސައިޒް ބްލެކް މަރލިން" ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައި

"އެކްސަސައިޒް ބްލެކް މަރލިން" ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައި

ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މަރލިން 2022" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޖޫން 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި އެ ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެސް ޕެސިވިކްގެ ޑެޕިއުޓީ ކޮމާންޑިންގ، މޭޖަރ ޖެނެރަލް ކްރިސް ސްމިތުއެވެ. އަދި، އެމެރިކާގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.

މި ރަސްމިއްޔާތުގައި ތަމްރީނު ހިންގުމުގައި އެމެރިކާ އަސްކަރިއްޔާއިން ދެއްވި އެހީތެރިކަން ފާހަގަކުރައްވައި، އެމްއެންޑީއެފުން ވަނީ އެމެރިކާ އަސްކަރިއްޔާއަށް މޮމެންޓޯއެއް ހަދިޔާކުރައްވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި މޮމެންޓޯ އެމެރިކާ އަސްކަރިއްޔާއަށް ހަދިޔާކުރެއްވީ އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.

އެމެރިކާ އަސްކަރިއްޔާގެ އެސްއެފްއޭބީ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި މި ތަމްރީނު ހިންގާފައިވަނީ 2022 މެއި 15 އިން 2022 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައެވެ. މިއީ، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި "އެކްސަސައިޒް ބްލެކް މަރލިން" ގެ ދެވަނަ ތަމްރީނު އެކްސަސައިޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި ގޮތުގައި އެކްސަސައިޒް ބްލެކް މަރލިންއަކީ ޔޫއެސް – މޯލްޑިވްސް ޑިފެންސް އެންޑް ސެކިޔުރިޓީ ކޯޕަރޭޝަން ގުޅުމުގެ ފެށުމެވެ.

މީގެ އެއް އަހަރު ކުރިން ފެށިގެން ދިޔަ މި އެކްސަސައިޒް އެމްއެންޑީއެފްގެ މެރީންސްއަށް ޚާއްޞަ ކުރެވިފައިވީނަމަވެސް، މި އަހަރުގެ އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ މެރީންސް، ލޮޖިސްޓިކް ކޮމްޕޯނަންޓްސް، އީއޯޑީ ޓީމްސް، އަދި އިންޓެލިޖަންސް އެލެމަންޓްތަކަށް އަމާޒުކުރެވިގެނެވެ.

ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި ގޮތުގައި މި ފަދަ ކާމިޔާބު އެކްސަސައިޒްތަކުގެ ސަބަބުން ޔޫއެސް އަދި ދިވެހިރާއްޖެއާ ދެމެދު، އަދި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ މިފަދަ އިތުރު އެންގޭޖްމަންޓްތަކަށް މަގުފަހިވެގެންދާނެއެވެ.

އެކްސަސައިޒް ބްލެކް މަރލިން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލްގެ ވާހަކަފުޅުގައި، ވޭތުވެގެން މިދިޔަ ހަފުތާތަކުގެ ތެރޭގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ގުޅިގެން މަސައްކަތްކުރުމުން ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެން ދާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، މިކަން މިގޮތުގައި ދެމި އޮންނާނީ ދެ ޤައުމުގެ ދެމެދުގައި މި އޮތް ގުޅުން ބަދަހިކުރުމަށް ކެނޑިނޭޅި މަސައްކަތްކުރުމުން ކަމުގައި މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މި ޓްރެއިނިންގ އެކްސަސައިޒް ފޯކަސްކުރި ދާއިރާތަކަކީ އިންފެންޓްރީއާއި، މެޑިކަލް ކޮމްބެޓާއި، ލޮޖިސްޓިކްސް އަދި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ދާއިރާއިންނެވެ. މިގޮތުން މި ތަމްރީނުތައް ކުރިއަށްދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރިއެވެ. މިޓްރެއިނިންގ އެކްސަސައިޒްގައި އެމެރިކާ އަސްކަރިއްޔާގެ ފަރާތުން 25 މުދައްރިބުން ބައިވެރިވިއެވެ. އަދި މި ތަމްރީނުތަކުގައި މިފަހަރު އެމްއެންޑީއެފްގެ 70 ސިފައިން ބައިވެރިވިއެވެ.

އެކްސަސައިޒް ބްލެކް މަރލިން ފުރަތަމަ ބޭއްވުނީ 2021 ފެބުރުވަރީ 24 އިން 5 އެޕްރީލް 2021 އަށް މާފިލާފުށީގައެވެ. ފުރަތަމަ ފަހަރު ބައިވެރިކުރީ 30 ސިފައިންނެވެ. އަދި އެމެރިކާ އަސްކަރިއްޔާއިން 14 މުދައްރިބުން އެފަހަރު ބައިވެރިވިއެވެ.

"އެކްސަސައިޒް ބްލެކް މަރލިން" ތަމްރީނަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.

"އެކްސަސައިޒް ބްލެކް މަރލިން 2022" ނިންމުމުގެ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، ޔޫއެސް މިޝަންގެ ޗާޖް ޑި އެފެއަރޒް އާންޑްރޭ އައްޕެލް އަދި އެމެރިކާ އަސްކަރިއްޔާގެ މުދައްރިބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯވި ސަފާރީ ގައި ތިބި 25 މީހުން ސަލާމަތް ކޮށްފި

ރޯވި ސަފާރީ ގައި ތިބި 25 މީހުން ސަލާމަތް ކޮށްފި

24 ޑިސެމްބަރު 2025
ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

24 ޑިސެމްބަރު 2025
އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު