Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކާބޯތަކެތީގެ ކާރިސާ

ކާބޯތަކެތީގެ ކާރިސާއާއެކު ރެފިއުޖީންގެ އަދަދު މައްޗަށް ދާނެ: އދ

ޔޫކްރައިން ކާރިސާއިން 12 މިލިއަން ނުވަތަ 14 މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ޖޫން 2022 | ބުރާސްފަތި 05:31
ރެފިއުޖީންނާ ބެހޭ އދގެ އިދާރާ، ޔޫއެންއެޗްސީއާރްގެ އިސްވެރިޔާ ފިލީޕޯ ގްރާންޑީ

ރެފިއުޖީންނާ ބެހޭ އދގެ އިދާރާ، ޔޫއެންއެޗްސީއާރްގެ އިސްވެރިޔާ ފިލީޕޯ ގްރާންޑީ

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން، ކާބޯތަކެތީގެ ކަށަވަރުކަން ދުނިޔެއަށް ކުޑަވެ، ކާރިސީ ހާލަތަކަށް ވެއްޓެމުންދާ އިރު، އެކަމުގެ ސަބަބުން އަމިއްލަ ގެދޮރު ދޫކޮށް ރެފިއުޖީންނަށްވާ މީހުންގެ އަދަދު ފަގީރު ގައުމުތަކުގައި އިތުރުވެ، ގެދޮރު ގެއްލޭ މީހުންގެ ނިސްބަތް މުޅި ދުނިޔޭގައިވެސް ރެކޯޑް މިންވަރަކަށް އިތުރު ވެގެންދާނެ ކަމުގެ އިންޒާރު، ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)ގެ އިސްވެރިޔާ ފިލީޕޯ ގްރާންޑީ ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު އދއިން އާންމު ކުރި ރިޕޯޓް ދައްކާ ގޮތުގައި، 2021 ވަނަ އަހަރު ނިމުނު އިރު، ހަމަނުޖެހުންތަކާއި ލާއިންސާނީ އަނިޔާ ދިނުން ފަދަ ނޭދެވޭ އެކިއެކި ސަބަބުތަކާ ހުރެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވި މީހުންގެ އަދަދު ވަނީ 89.3 މިލިއަނަށް އަރާފައެވެ. އޭގެ ފަހުން އެތައް މިލިއަން ބަޔަކު ވަނީ ޔޫކްރައިންގެ ސަރަހައްދީ އިން ހުރަސްކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ. ނުވަތަ ޔޫކްރެއިން ތެރޭގައި ރެފިއުޖީންނަށްވެފައެވެ.

ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ރަޝިއާއިން ހުރަސް އަޅާފައި އޮތުމުގެ ސަބަބުން ތަކެތީގެ އަގު އުފުލެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުންވެސް އިތުރު އެތައް ބައެއްގެ ގެދޮރު ގެއްލިދާނެ ކަމަށް އދއިން ލަފާ ކުރެއެވެ.

ގްރާންޑީ ވިދާޅުވީ ހަނގުރާމައާއި އިންސާނީ ހައްގުތަކާ މޫސުމީ ނެދެވޭ ބަދަލުތައް ފަދަ އެކި ސަބަބުތަކާ ހެދި ގެދޮރު ދޫކޮށްލަން މަޖުބޫރުވާ މީހުންގެ އަދަދު، ކާބޯތަކެތީގެ ކާރިސާއެއްގެ ސަބަބުން އިތުރުވެގެންދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ގްރާންޑީ ވަނީ ރެފިއުޖީ ކާރިސާގައި ވިލާތުގެ އިއްތިހާދުން އަމަލު ކުރުމުގައި އިންސާފުވެރިކަމެއް ނެތްކަންވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ކުދި ބޯޓު ފަހަރުގައި މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް، ވިލާތަށް ދަތުރު ކުރާ ރެފިއުޖީންގެ މައްސަލާގައި ވިލާތުން ޗުކުޗުކުތަޅުވާއިރު، ރަޝިއާއިން ޔޫކްރެއިންނަށް އެރުމުގެ ސަބަބުން އުފެދުނު ޔޫކްރެއިންގެ ރެފިއުޖީ އާބާދީއަށް ވިލާތުން ކީ އިހުލާސްތެރި މަރުހަބާ، ގްރާންޑީ ވަނީ ފާހަގަ ކުރައްވާފައެވެ.

ގްރާންޑީ އިތުރަށް ވިދާޅުވީ ޔޫކްރެއިން މަސްރަހަށް ސަމާލުކަން ދީގެން، އެހެން ހިސާބުތަކުގައި އުފަލަމުންދާ ތަކުލީފުތަކަށް ބީރުކަންފަތެއް ދެވެން ނެތް ކަމަށެވެ. އަދި ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އެހެން ސަރަހައްދުތަކުގައި އޮތް ކާރިސާތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ގްރާންޑީ ވަނީ ގޮވާލައްވާފައެވެ.

ޔޫއެންއެޗްސީއާރްގެ ރިޕޯޓަށް ބަލާއިރު، ފާއިތުވީ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ގެދޮރު ގެއްލުނު މީހުންގެ އަދަދު، އަހަރުން އަހަރަށް ދިޔައީ އިތުރުވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. ގެދުރު ގެއްލުނު މީހުންގެ އަދަދު 2012 ވަނަ އަހަރު ހުރީ 42.7 މިލިއަނުގައި ކަމަށްވާއިރު، އަދުގެ އަދަދުތަކަކީ އޭގެ 2 ގުނައެވެ.

ޔޫއެންއެޗްސީއާރްގެ އިސްވެރިޔާ ފިލީޕޯ ގްރާންޑީކާބޯތަކެތީގެ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު