Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަސްޓިން ބީބަރ

ޖަސްޓިން ބީބަރ އަށް ޖެހުނު ބަލިން އޭނާ ރަގަނޅުވާނެބާ؟

ޖަސްޓިން ބީބަރ އަކީ ސޯޝަލް މީޑިޔާގައި އޭނާގެ ނަން ފަނޑުނުވެ ދައުރުވެވެ ބެހެއްޓުމަށް ތަފާތު ކަންތައްތަކެއް ކުރި ތަރިއެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 15 ޖޫން 2022 | ބުދަ 08:30
ޖަސްޓިން ބީބަރ، ޖެހުނު ބައްޔަކުން މޫނުގެ އެއްފަޅިން ވާގިނެތިފައި

ޖަސްޓިން ބީބަރ، ޖެހުނު ބައްޔަކުން މޫނުގެ އެއްފަޅިން ވާގިނެތިފައި

މަޝްހޫރު ޕޮޕް ލަވަކިއުންތެރިޔާ ޖަސްޓިން ބީބަރ ގެ މޫނުގެ އެއްފަޅިން ވާގިނެތުނު ކަމަށް ބުނާ ޚަބަރުން ޒުވާން އަންހެން ކުދިންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވިތާ ދުވަސްކޮޅެއްވެއްޖެއެވެ. ދާދި ފަހުން އޭނާ މިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާޔަށް ޖެހުނު ބަލިވެސް ހާމަކޮށްފައެވެ.

އޭނާ ބުނެފައިވާ ގޮތުން އޭނާގެ މޫނަށް އެހެންވާން މެދުވެރިވީ "ރަމްޒީ ހަންޓް ސިންޑްރޯމް" ކިޔާ ބައްޔެއްގެ ސަބަބުންނެވެ. މިއީ ވަރަށް މަދުން ފެންނަ ބައްޔެއްކަމަށް ވެއެވެ. ވައިރަސް އަކުންޖެހޭ ރަމްޒީ ހަންޓް ސިންޑްރޯމް ޖެހުމުން ކަންފަތާ މޫނުގެ ނާރުތަކަށް އަސަރުކޮށް ނާރުތައް ބަލިކޮށްލައެވެ. އެހެންކަމުން ބަލީގެ އަސަރުކުރި ނާރުތައް ހިމެނޭ ފަޅިން ވާގިނެތެނީއެވެ.

އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވާ ގޮތުގައި މިބަލީގެ ސަބަބުން އެއްލޮލުން އެސްފިޔަ ނުޖެހެއެވެ. އަދި ހިނިތުން ވެވެނީވެސް އެއްމިޔަކަނުންނެވެ. ނޭފަތުގެ ހިންދުރި ވެސް ތަޅުވާ ނުލެވެއެވެ.

މިބަލި ޖެހުނުއިރު ޖަސްޓިން ބީބަރ ތައްޔާރުވަމުން އައީ ލަވަކިއުމަށް ޓުއާއެއްގައި ދާން ކަމަށް ވެއެވެ. ނަމަވެސް މިހާރު އޭނާ ބުނެފައިވަނީ ޓުއާއެއްގައި ދިއުމަށް ސީއްހީގޮތުން ނުކުޅެދިފައި ވާތީ އެޓުއާ ކެންސަލް ކުރަން ގަސްތު ކުރާ ކަމުގައެވެ.

އެއްދުވަސްވަރެއްގައި ގިނަ ބައެއްގެ ލޯބި ހޯދަމުން އައި ޒުވާން އަދި ރީތި ލަވަކިއުންތެރިޔާއަށް ޖެހުނު ކަމަށް ބުނާ ރަމްޒީ ހަންޓް ސިންޑްރޯމްއަކީ ކޮން ބައްޔެއް ހެއްޔެވެ؟

ރަމްޒީ ހަންޓް ސިންޑްރޯމްއަކީ ވެރިސެއްލާ ޒޮސްޓަރ ކިޔާ ވައިރަސްއަކުން ހަށިގަނޑުގެ ބައެއް ނާރުތަކަށް ޖައްސާ ބައްޔެކެވެ. މި ވައިރަސް އަކީ ކުޑަކުދިންނަށް ފާނަބަސަންދު އަދި ބޮޑެތި މީހުންނަށް ޝިންގްލްސް ކިޔާ ބަލިވެސް ޖައްސާ ވައިރަސް އެވެ. މިވައިރަސް ހަށިގަނޑު ތެރެޔަށް ވަނުމަށްފަހު މުޅި އުމުރަށް ވެސް ނުފިލާ ހުރެދާނެ ކަމަށް ވެއެވެ. އަދި ދޭތެރެ ދޭތެރެއިން މޫނާ ކަރުގެ ނާރުތަކަށް ވައިރަސްގެ އަސަރު ކޮށްފާނެ ކަމަށް ވެއެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންގޓަން ސްކޫލް އޮފް މެޑިސިން ގައި މަސައްކަތް ކުރައްވާ ގައިންގަޔަށް އަރާ ބަލިތަކާބެހޭ ސްޕެޝަލިސްޓް އެނާ ވޯލްޑް ވިދާޅުވި ގޮތުގައި މޫނުން ވާގިނެތެން ދިމާވަނީ ނާރުތަކަށް ކުރާ އަސަރެއްގެ ސަބަބުން ނާރުތައް މަސައްކަތް ކުރުން ހުއްޓުމުންނެވެ. މިބައްޔަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް އެއްވަރަކަށް ޖެހޭ ބައްޔެއް ކަމަށާއި މިބަލި ޖެހުމުން މޫނުގެ އެއްފަޅިން ވާގިދިއުމުގެ އިތުރުން މޫނުގައި ތަދުވާ ބިހި ވަރެއް ނަގާކަމަށް މައުލޫމާތު ލިބެއެވެ. މި ބަލި ގިނައިން ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށާއި ބައެއް މީހުންގެ އިވުމަށްވެސް މައްސަލަތައް ކުރިމަތިވާކަމަށް ވެއެވެ. ކަންފަތަށާއި މޫނުގެ އެފަޅިޔަށް ތަދުވުމާއި އަދި ބައެއް މީހުން ބޯއަނބުރާ ގޮތްވުމަކީވެސް މިބަލި ޖެހުމުން ފެންނަ އަލާމާތްތަކެއެވެ.

ރަމްޒީ ހަންޓް ސިންޑްރޯމް އަކީ އެހާ އާންމު ބައްޔެއް ނޫނެވެ. މިގޮތުން އެމެރިކާއިން އަހަރަކު މިބަލި ޖެހޭކަމަން ފާހަގަކުރެވިފައި ވަނީ ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން ދިހަވަރަކަށް މީހުންނަށެވެ. މިބަލި ކޮންމެ މީހަކަށް ވެސް ޖެހިދާނެ ކަމަށާއި ނަމަވެސް މިއީ މީހުން ބިރުގަންނަން ވާވަރު ބައްޔެއް ނޫންކަމަށް ސިއްހީ މާހިރުން ބުނެފައި ވެއެވެ.

ރަމްޒީ ހަންޓް ސިންޑްރޯމް ޖެހޭ ގިނަ މީހުން ފަރުވާ ދިނުމުން އެއްކޮށް ރަގަޅުވެއެވެ. ނަމަވެސް ރަނގަޅުވުމަށް އެކި މީހުން އެކި މުއްދަތު ނަގައެވެ. ބައެއް މީހުން ދެތިން ހަފްތާތެރޭ ރަނގަޅުވާއިރު އަނެއްބައި މީހުން ރަނގަޅުވާން އެތައް މަހެއްވެސް ނަގާފާނެއެވެ. ބަލިޖެހޭ ވަރަށް މަދު ބަޔެއްގެ މޫނުގެ ވާގިނެތުން އަދި ކަންފަތަށް ނީވުން ރަގަޅުނުވެ މުޅިއުމުރަށް ވެސް ދެމިގެން ދާކަމަށް ވެއެވެ.

ރަމްޒީ ހަންޓް ސިންޑްރޯމްއަށް އާންމުކޮން ދެވޭ ފަރުވާއަކީ އެންޓި ވައިރަލް ފަރުވާއެވެ. ބައެއް މީހުންނަށް ސްޓެރޮއިޑްވެސް ދެވޭ ކަމަށް ޑރ. ވޯލްޑް ވިދާޅުވިއެވެ. ނަމަވެސް މިބައްޔަށް ފިޒިއޯ ތެރަޕީ ފަދަ މޫނުމަތީގެ ކަސްރަތުތައް އާންމުކޮށް ނުދޭ ކަމަށް ޑރ. ވޯލްޑް ވިދާޅުވިއެވެ.

ނަމަވެސް ޖަސްޓިން ބީބަރ އޭނާގެ އިންސްޓަގްރާމް ޕޯސްޓްގައި އޭނާގެ ކުރީގެ ހާލަތަށް ދިއުމަށްޓަކާއި މިހާރު މޫނުމަތީގެ ކަސްރަތުތައް ކުރަމުން ދާކަމަށް ބުނެފައިވެއެވެ.

ޖަސްޓިން ބީބަރ އަކީ ވަރަށް ބާރަށް އަރަމުން އައި ތަރިއެކެވެ. ނަމަވެސް އޭނާގެ ކެރިއަރުގެ އެންމެ އުހުގައި ވަނިކޮން އޭނާ ކުރި ނުރަނގަޅު ކަންތައްތަކެއްގެ ސަބަބުން ޚަބަރު ސުރުޚީތަކަށް އަރާފަވެއެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިވޭ އަޑުތަކެއްވެސް އޭނަގެ ނަމާއި ގުޅުވާފަވެއެވެ. އަދި މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވާ މީހެއްގެ ގައިގައި ކާރުން ޖެއްސިކަމަށްވެސް އަޑު ފެތުރިގެން ދިޔައެވެ. އޭނާއަކީ މީޑިޔާގެ ސަމާލުކަން ހޯދަން ތަފާތު ކަންތައްތަކެއް ކުރަމުން އައި ލަވަކިއުންތެރިއެކެވެ. މިގޮތުން ކޮންސެޓްއެއްގައި ހުރެފަ ބާލިދީއަކަށް ކުޑަކަމު ދިޔުމާއި، ކެނެޑާގެ ބޮޑުވަޒީރާއި ބައްދަލުކުރި އިރު މުނާސަބަތާ އެކަށީގެންނުވާ ހެދުމެއް އަޅައިގެން ހުރުމާއި، ތިމަންނަ އިނީ ބަލިވެ ކަމަށް ބުނެ ސްކޭން އަކާއެކު އިންޓަނެޓުގައި ޕޯސްޓެއް ކުރުމާއި އަދި އަމިއްލަ ބަރަހަނާ ފޮޓޯތަކެއް ހާމަ ކުރުން ފަދަ ކަންކަން އޭނާ ކޮށްފައިވެއެވެ.

ޖަސްޓިން ބީބާ

އިތުރަށް ކިޔާލަން

13 ޖޫން 2022

ޖަސްޓިން ބީބާގެ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަން ފެނޭ: ސަރޖަން

13 ޖޫން 2022
ޖަސްޓިން ބީބާގެ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަން ފެނޭ: ސަރޖަން
14 މާރިޗު 2020

އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!

14 މާރިޗު 2020
އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!
08 ނޮވެމްބަރު 2019

ޖެހުނު މަޅިއެއްގައިި ހައިލަމް ޖެހިވަޑައިގެންނެވީ އަމިއްލަފުޅަށް، އެއީ ސަރުކާރާބެހޭ ކަމެއް ނޫން!

08 ނޮވެމްބަރު 2019
ޖެހުނު މަޅިއެއްގައިި ހައިލަމް ޖެހިވަޑައިގެންނެވީ އަމިއްލަފުޅަށް، އެއީ ސަރުކާރާބެހޭ ކަމެއް ނޫން!
14 ޖުލައި 2019

ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ

14 ޖުލައި 2019
ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ
12 ޖެނުއަރީ 2019

މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު

12 ޖެނުއަރީ 2019
މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު
04 ޖެނުއަރީ 2019

ޖެހުނު އެއްޗަކުން ނަގައި، ކިނބިދޫ އެމުން ބަރާކޮށްފި

04 ޖެނުއަރީ 2019
ޖެހުނު އެއްޗަކުން ނަގައި، ކިނބިދޫ އެމުން ބަރާކޮށްފި
18 އެޕްރީލު 2018

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

18 އެޕްރީލު 2018
އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
28 ޖެނުއަރީ 2018

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!
25 ޖެނުއަރީ 2018

އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

25 ޖެނުއަރީ 2018
އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!
26 ޑިސެމްބަރު 2017

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017
ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު