Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތ. ކިނބިދޫ

ޖެހުނު އެއްޗަކުން ނަގައި، ކިނބިދޫ އެމުން ބަރާކޮށްފި

އެމުގެ ގޮތުގައި ހިފި ބާވަތަކީ ހިތިބޯ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2019 | ހުކުރު 17:32
އެމުގެ ބާވަތެއް ކަމަށްވާ ހިތިބޯ

އެމުގެ ބާވަތެއް ކަމަށްވާ ހިތިބޯ

ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން، އިރުއޮއްސެންދެން ތ. ކިނބިދޫ އެންމެ އުޅުނީ އެ މަސައްކަތުގައެވެ. ހިކިފައި އޮތް، ފަރުމަތީގައި ކުދިބޮޑު އެންމެން އަވަދިނެތި، އަތު ޖެހުނު އެއްޗަކުން ނަގައި ބާލިދީތަކާއި ޓައްޕުތައް ފުރާލިއެވެ. ފުއްޓަރު ފަރާތުން އެކަންޏެއް ނޫނެވެ. ރަށުގެ ވަށައިގެން ހުރިހާ ދިމާލަކުން ވަނީ އެން ތިލަވެފައެވެ. އެމުގެ ބާވަތެއް ކަމަށްވާ "ހިތިބޯ" ނުލިބޭ ގެއެއް އެ ރަށުގައި މަދެވެ. ކިނބިދޫ ރައްޔިތުންނަށް ހުކުރު ދުވަހު ލިބުނީ ވަރުގަދަ ރޯއްޖެކެވެ.

ފަރުމަތީގައި އެން ހިފުމުގައި ރަށުގެ ކުދިބޮޑު އެންމެން -- ފޮޓޯ/ ރާއްޖެއެމްވީ

ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިވަރުގެ ދުވަހެއް އަދި ނުދެކޭ ކަމަށާއި މީގެ ކުރިން އެހާ ގިނަ އަދަދަކަށް އެން ތިލަވި ދުވަހެއް ހަނދާނުގައި ވެސް ނެތް ކަމަށެވެ. ދިޔަވަތު ހިކުނު ވަގުތު، ފަރުމައްޗަށް ގޮސް، ގިނަ ބަޔަކު އެން ހިފި ކަމަށާއި ދެ ތިން ބާލިދީގެ އެން ނުވައްދާ ގެއެއް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ގެއަކުން ކަހަލަ ގޮތަކަށް އެ މަސައްކަތުގައި އުޅުނު. އެން ހިފައިގެން އައިސް، ބަހަން ވެސް ބެހި. ދެތިން ބާލިދީގެ އެން ނުވައްދާ ގެއެއް މަދުވާނެ،" ހާހެއްހާ މީހުން ދިރިއުޅޭ ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އެން ހިފުމުގެ މަސައްކަތުގައި އުޅުނު ކިނބިދޫ، ނަސްރުއްޞޮބާގޭ، އަލީ ހުސައިން "ރާއްޖެއެމްވީ"އަށް ބުނީ އެން ހިފުމުގައި އެންމެ ގިނައިން އުޅުނީ އަންހެންވެރިން ކަމަށާއި ދާ ޖަހައިގެންނާއި ޝޯލް ބޭނުން ކޮށްގެން ވެސް އެން ހިފި ކަމަށެވެ. އެގޮތަށް އެން ތިލަވުމަކީ މޫސުމީ ކަމެއް ކަމަށް ރަށުގެ ދުވަސްވީ މީހުން ކިޔައި އުޅެއެވެ. ތ. އަތޮޅުގެ ބައެއް ރަށްތަކަށް އެގޮތަށް ރިންމަހާއި ރާގޮނޑި އާއި މުށިމަސް ތިލަވެއެވެ. ތ. އަތޮޅު ބުރުންޏަކީ އެގޮތަށް މަޝްހޫރު ރަށެކެވެ.

ދިޔަވަރު ހިކުމުން ގިނަ ބަޔަކު އެން ހިފުމުގެ މަސައްކަތުގައި -- ފޮޓޯ/ ރާއްޖެއެމްވީ

އެން ތިލަވެ، ކިނބިދޫ ފަޅުތެރެ ހުކުރު ދުވަހު އެމުން ބަރާވެފައި އޮތްކަން އެނގުނީ ހުކުރުގެ ކުރިން، މޫދަށް އެރި އުޅުނު ކުދިންތަކަކަށް ކަމަށް ވެސް އަލީ ބުންޏެވެ. ދިޔަވަރު ހިކުމުން، ތަރަތަރަ އަޅާފައި، ބަޑިބަޑި އަޅާފައި އެންމެން ނުކުމެ، ހިފި "ހިތިބޯ" ބޭނުންކޮށްގެން ވަރަށް މީރުކޮށް އެކި ގޭގައި ވަނީ ކާއްޗެހި ހާދާފައެވެ. ގިނަ މީހުން ބުނީ ހިތިބޯ ކައްކަން އެންމެ ރަނގަޅީ ބޯ ވަކިކުރުމަށްފަހުގައި ކަމަށެވެ. ބޮލާއެކު ކައްކައިފިނަމަ، ހިތިރަހައެއް ހުންނަ ކަމަށްވެއެވެ.

ހިތިބޯ އެންމެ ގިނައިން ހުކުރު ދުވަހު ހިފީ ކިނބިދޫއިން ގިރާ ސަރަހައްދުންނެވެ. އެ ދިމާލުން ރަށް ގިރަމުންދާތީ، އެތަނަކީ ރަށަށް ނުރައްކަލެކެވެ. އިންޒާރެކެވެ. ރަށް ނެތި ދިއުމުގެ ބިރު ގުޅިފައި ވަނީ އެ ސަރަހައްދާއެވެ. ނަމަވެސް ހުކުރު ދުވަހު އެ ސަރަހައްދުން ލިބުނު ރޯދިން، އެއް ދުވަހަކަށް ނަމަވެސް، ރައްޔިތުން ތިބީ ހިތްހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

25 ޖެނުއަރީ 2018
ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު