Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ރައްޔިތުންނަށް ގޯތި ދޫކުރުން

3000 ގޯއްޗަށް އެދެން މި މަހުގެ 26ގައި ހުޅުވާލަނީ

ހުޅުމާލެއިން 1000 ގޯތި، ގުޅީ ފަޅުން 2000 އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖޫން 2022 | ބުދަ 07:06
މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލެ ސަރަހައްދުން ދޫކުރާ 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށް އެދުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޒީރުންނާއި ސުވާލު ކުރުމުގެ ބައިގައި އަންގާރަ ދުވަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ޝިފާއު ކުރެއްވި ސުވާލަކީ މި ސަރުކާރުކަރީ ރައްޔިތުން ވަރަށް ބޮޑަށް އިތުބާރުކުރާ އަދި ރައްޔިތުންގެ އުއްމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރުކާރެއް ކަމަށެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް އުއްމީދުކުރަމުންދާ ރައްޔިތުންނަށް އަދިވެސް އެންމެ އުފާވެރި އުއްމީދީ ޚަބަރުތަކެއް ނުލިބޭ ކަމަށެވެ. މާލޭ ސަރަހައްދުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކިހާ މިންވަރަކަށް ކާމިޔާބު ކުރެއްވިދާނެކަމަށް މިނިސްޓަރު ޤަބޫލުކުރައްވަންތޯ އަދި އެކަމާއި ގުޅޭ އުފާވެރި ޚަބަރުތައް ރައްޔިތުންނަށް ލިބޭނީ ކޮންއިރަކުތޯ ވަނީ ސުވާލު ކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅިގެން އެންމެ އަވަހަށް އިއުލާން ކުރެވިގެންދާނީ 1344 ޔުނިޓެއްގައި މީހުން ކުރިމަތިލާ އެ ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެއީ މިހާރު ނިމުމުގެ މަރުހަލާގައި ހުރި މަސައްކަތްތަކެއް ކަމަށާއި، އެއީ މިޑްލް އިންކަމް ހައުސިން މަޝްރޫއުތަކެއް ކަމަށެވެ. ދެން 4000 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް އެބައޮތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދާދިފަހުން އިއުލާންކުރައްވާފައިވާ ގޮތަށް، މި މަހުގެ ތެރޭގައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އުއްމީދު ކުރައްވަނީ 26 ޖޫންގައި އެކަމަށް އިއުލާން ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ މި ޖޫން މަސް ނިމުމުގެ ކުރިން، ފުރަތަމަ 3000 ގޯތި ދޫކުރުމަށް އިޢުލާނު ކުރައްވާނެ ކަމަށެވެ. އޭގެ އެންމެފަހުގެ މަސައްކަތްތައް މިހާރު ނިމި، އިޢުލާނުކުރާ ހިސާބުގައި އޮތް ކަމަށާއި، ލަސްތަކެއްނުވެ އިޢުލާނު ކުރެވި، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި، ގެދޮރުވެރިކަމާއި، ބިންވެރިކަން ހޯދައިދިނުމުގެ ގޮތުން ހިނގާ މަޝްރޫޢު ޢަމަލީގޮތުން ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާ ކަމަށާއި، މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެ ކަމަށެވެ. މި އަހަރު ޖޫންމަހު އެކަން ފައްޓަވާނެ ކަމަށެވެ. މީގެއިތުރުން، ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައި، ޒަރޫރީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު އަސްލަމް މީގެ ކުރިން ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ހުޅުމާލެއިން ދޫކުރުމަށް ކަނޑައަޅާ ގޯތި ދިނުމަށް ސައިޓް ވަނީ ކަނޑައެޅިފައިވާ ކަމަށާއި، އެ ސަރަހައްދުގެ މަގުތައް ހެދުމާއި، ފެނާއި ނަރުދަމާ އާއި ކަރަންޓުލުމަށް އެޗްޑީސީ، އެމްޑަބްލިއުއެސްއީ އަދި ސްޓެލްކޯއާއެކު މަޝްވަރާ ކުރެވި ތާވަލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގޯތި ދިނުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމަވާނެ ކަމަށް ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ގުޅީފަޅާއި، ގިރާވަރުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދިނުމުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލްވެސް ދެއްވާފައެވެ. ގުޅީފަޅު 2،000 ގޯތި ދިނުމަށް ލޭންޑް ޔޫސް ޕްލޭން ހަދައި، ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ފައިނޭންސް ހަމަޖެހި ލޯން އެގްރީމެންޓް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ގިރާވަރު ބިން ހިއްކުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ގޯތި ދޫކުރާނެ މީހުންނަށް އުސޫލު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ގޯތި ދޫކުރުމަށް އޮތީ މައިގަނޑު ހަތަރު ޝަރުތެއް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ޝަރުތުތަކަކީ، މާލެއަށް އުފަން މާލެ ރައްޔިތަކަށްވުމާއި، އެ މީހެއްގެ ނަންމަތީ، 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތުން އަދި ވާރުތަކުރަން ވެސް ނެތް އެވަރުގެ ބިމެއް ނެތުން އަދި އެވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތްތަނެއް ވެސް ދޫކޮށްލުމެވެ. ތިންވަނަ ޝަރުތެއްގެ ގޮތުގައި ވިދާޅުވީ، ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށެވެ.

ދަފްތަރުގައި ތިބޭ މީހުންނަށް ކުރިމަތި ލެވޭނެ ކަމަށް ވިދާޅުވެ، އެކަން ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށްރަށުން މާލެއަށް ހިޖުރަ ކުރުމަށް ފަހު ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެގޮތަށް ދަފްތަރަށް އުފަން މީހުން ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

ހުޅުމާލެބޯހިޔާވަހިކަންމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު