Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

އިޓަލީއާއި އިންގްލެންޑަށް ބޮޑު ލަދެއް!

15 ޖޫން 2022 | ބުދަ 02:32

ފައިނަލް ބުރުގެ ފުރުޞަތެއް އިންގްލެންޑަކަށް ނެތް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 15 ޖޫން 2022 | ބުދަ 02:32
އިންގްލެންޑް އަތުން ހޯދި ބޮޑު މޮޅަށްފަހު ހަންގޭރީން އުފާފާޅުކުރަނީ: ފޮޓޯ-ޔުއެފާ ނޭޝަންސް ލީގު ޓްވިޓަރ

އިންގްލެންޑް އަތުން ހޯދި ބޮޑު މޮޅަށްފަހު ހަންގޭރީން އުފާފާޅުކުރަނީ: ފޮޓޯ-ޔުއެފާ ނޭޝަންސް ލީގު ޓްވިޓަރ

އިޓަލީއާއި އިންގްލެންޑަށް ބޮޑު ލަދަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިންގްލެންޑް ލަދުވެތި ނަތީޖާއަކާ ކުރިމަތިލީ ޔުއެފާ ނޭޝަންސް ލީގުގައި ހަންގޭރީ އަތުން ވީ ބޮޑު ބަލީގެ ސަބަބުންނެވެ. ހަންގޭރީން މެޗު ކާމިޔާބުކުރީ 4-0 ނެވެ. ޑިވިޝަން އެކެއްގެ ގްރޫޕް ސީގައި އިޓަލީ ކޮޅަށް ހަރމަނީން ވަނީ ފަސްގޯލް ޖަހާފައެވެ. މެޗު ޖަރމަނީން ކާމިޔާބުކުރީ 5-2 ނެވެ.

ހަންގޭރީން މެޗުގެގައި ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ. އަނެއް ތިން ލަނޑު ޖެހީ މެޗުގެ ފަހު 20 މިނެޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓްގައި ޖެހީ ސަލާއީއެވެ. 70 ވަނަ މިނެޓްގައި ދެވަނަ ލަނޑުވެސް ޖެހީ އޭނާއެވެ. ހަންގޭރީގެ ފަހު ދެ ލަނޑު ޖެހީ ނެގީއާއި, ގަޒްޑާގްއެވެ. މެޗު އިންގްލެންޑުން ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ 82 ވަނަ މިނެޓްގައި ޑިފެންޑަރ ސްޓޯންސްއަށް ރަތްކާޑް ދެއްކުމުންނެވެ. މިބައްޔާއެކު އިންގްލެންޑް ވަނީ އޭ ތްރީގެ ފުލަށް ސޮއްސާލާފައެވެ. އެއާއެކު ފައިނަލް ބުރަށް ދިއުމުގެ ފުރުޞަތު އިންގްލެންޑަށް ބަންދުވީއެވެ. އިންގްލެންޑަށް ހަތަރު މެޗުންވެސް މޮޅެއް ނުލިބެއެވެ. އަދި މިއީ އަމިއްލަ ދަނޑުގައި އިންގްލެންޑްގެ އެންމެ ބޮޑު ބައްޔެވެ.

ޖަރމަނީން އިޓަލީ ކޮޅަށް ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ވާނާއެވެ. ޖަރމަނީގެ ފަހު ދެ ލަނޑު ވާނާ ޖެހީ މިނެޓެއްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ޖެހީ ކިމިކްއެވެ. ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ޖެހީ ގުންޑޮގާންއެވެ. ޖަރމަނީއަށް ދެން ލަނޑު ޖަހައިދިނީ މުލާއެވެ. އިޓަލީގެ ދެ ލަނޑު ޖެހީ ޖިއޯންޓޯއާއި, ބަސްޓޯނީއެވެ. މިމޮޅާއެކު ހަ ޕޮއިންޓް ހޯދައިގެން ޖަރމަނީ އޮތީ ދެވަނާގައެވެ. ފުރަތަމަ ތިން މެޗުން ޖަރމަނީވީ އެއްވަރެވެ. އެއްވަނާގައި އޮތީ ހަތް ޕޮއިންޓާއެކު ހަންގޭރީއެވެ.

ޔުއެފާ ނޭޝަންސް ލީގު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
19 ނޮވެމްބަރު 2024

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

19 ނޮވެމްބަރު 2024
ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި
19 ނޮވެމްބަރު 2024

ފަހު ވަގުތު ޕޮލެންޑު ބަލިކޮށް، ސްކޮޓްލެންޑުން ޕްލޭ އޮފްގެ ޖާގަ ހޯދައިފި

19 ނޮވެމްބަރު 2024
ފަހު ވަގުތު ޕޮލެންޑު ބަލިކޮށް، ސްކޮޓްލެންޑުން ޕްލޭ އޮފްގެ ޖާގަ ހޯދައިފި
19 ނޮވެމްބަރު 2024

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް