Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަށިކެޔޮގެ އަގު

ކަށިކެޔޮ ތަދު، ޑިމާންޑް އެހާ ބޮޑު

ކަށިކެޔޮ ވަކެއް އުޅެނީ 5ރ. އަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖޫން 2017 | ހޯމަ 07:35
ކާށިކެޔޮ ލިބެން ހުރީ ވަރަށް މަދުން

ކާށިކެޔޮ ލިބެން ހުރީ ވަރަށް މަދުން

ކަށިކެޔޮ އަކީ ދިވެހިންގެ ކެއިން ބުއިމުގައި ވަރަށް ކުރީއްސުރެވެސް ބޭނުން ކުރަމުން އަންނަ ބާވަތަކެވެ. އިހުޒަމާނުގައި ކަށިކެޔޮ އަކީ ދިވެހިންގެ ކެޔުމުގައި ވަރަށް ގިނަ އަދަދަކަށް ބޭނުން ކުރާ ބާވަތަކަށް ވީ ނަމަވެސް، މިއަދު ކަށިކެޔޮ ގިނައިން ބޭނުން ކުރާތަން ފެނިގެންދަނީ ހާއްސަ ދުވަސްތަކާއި ދިމާކޮށް، ދިވެހި ކެޔުންތައް ތައްޔާރު ކުރުމުގަ އެވެ.

ލޯކަލް މާރުކޭޓުގައި ކަށިކެޔޮ ވަކެއްގެ އަގު އުޅެނީ 5ރ. އަށެވެ. ކަށިކެޔޮ ގެނެސްގެން މާރުކޭޓުގައި ވިއްކާ ފަރާތްތަކުން ބުނީ، ކަށިގެ ހޯދުމަށް ވަރަށް އުނދަގޫ ކަމަށާއި އެހެން ނަމަވެސް ކަށިކެޔޮގެ ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. ކަށިކެޔޮ މާރުކޭޓުގައި ވިއްކަނީވެސް ވަރަށް މަދު ވިޔަފާރިވެރިންނެވެ.

ލޯކަލް މާރުކޭޓުގައިވެސް ކަށިކެޔޮ ލިބެން ހުރީ، ވަރަށް މަދު ގޮޅިތަކަކުންނެވެ. ލ އަތޮޅުގެ އިސްދޫ އިން ކަށިކެޔޮ ގެނެސްގެން މާރުކޭޓުގައި ވިއްކާ ފަރާތަކުން ބުނީ، މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން ކަށި ކެޔޮ ހޯދުމަށް ވަރަށް ބޮޑަށް އުނދަގޫ ކަމަށާއި އެހެން ނަމަވެސް ރަމަޟާން މަހާއި ދިމާކޮށް ކަށިކެޔޮގެ ޑިމާންޑްވެސް އުފުލިފައިވާ ކަމަށެވެ.

ކަށިކެޔޮގެ ތެރޭގައި ރާއްޖޭގެ އަމިއްލަ ކަށިކެޔޮ އާއި މެލޭޝިޔާގެ މުޑުވަކުން ރާއްޖޭގައި ހައްދާ ކަށިކެޔޮ ހުރެ އެވެ. އެގޮތުން ރާއްޖޭގެ ކަށިކެޔޮ ރަތްކުލައިގައި ހުންނަ އިރު، މެލޭޝިޔާގެ މުޑުވަކުން ހައްދާ ކަށިކެޔޮގެ އެތެރެ ހުންނަނީ ރީންދޫ ކުލައިގަ އެވެ.

އާއްމުކޮށް ގިނަ މީހުން ގަންނަން ބޭނުންވަނީ ރާއްޖޭގެ ކަށިކެޔޮ ކަމަށްވެސް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު، ކަރާގެ އަގު އުޅެނީ، 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކުރިއަށް އޮތްތަނުގައިވެސް ކަރާގެ އަގު އުފުލިގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި ކޮޕީ ފަތުގެ ތިން ފތް ބޮނޑިއެއް 15ރ. އަށް ލިބެން ހުރި އިރު ކުއްޅަފިލާ ފަތް ބޮނޑިއެއްވެސް އުޅެނީ 15ރ. އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު