Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު

މި ސަރުކާރުން މާލީ ދާއިރާ އިސްލާހު ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ ގާތަށް ވެސް މީގެ ކުރިން ކަންތައްތައް ކުރެވިފައި ނެތް: ސަލީމް

14 ޖޫން 2022 | އަންގާރަ 07:51

ޗެކް އެންޑް ބެލެންސްގެ ނަމުގައި ސަރުކާރަކަށް ދުއްތުރާކޮށް އުނދަގޫ ކުރުން އެއީ މަގުސަދަކަށް ވެގެން ނުވާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 14 ޖޫން 2022 | އަންގާރަ 07:51
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް - ސަލީމް ވިދާޅުވީ ސަރުކާރު ހިނގަން ޖެހޭނެ ކަމަށާއި، ހިންގުމަށް ފަސޭހަ ވެސް ކޮށްދޭން ޖެހޭނެ ކަމަށް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް - ސަލީމް ވިދާޅުވީ ސަރުކާރު ހިނގަން ޖެހޭނެ ކަމަށާއި، ހިންގުމަށް ފަސޭހަ ވެސް ކޮށްދޭން ޖެހޭނެ ކަމަށް

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން މާލީ ދާއިރާ އިސްލާހު ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ ގާތަށް ވެސް މީގެ ކުރިން ކަންތައްތައް ކުރެވިފައި ނެތް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ، އަދި ބ ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ހުށަހަޅުއްވާފައިވާ ޤަރާރާށް ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ޗެކް އެންޑް ބެލެންސްގެ ނަމުގައި ސަރުކާރަކަށް ދުއްތުރާކޮށް އުނދަގޫ ކުރުން އެއީ މަގުސަދަކަށް ވެގެން ނުވާނެ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ރައްޔިތުންނަށް ބޭނުންވާނެ ފައިސާ ހޯދޭނެ ގޮތްތައް ސަރުކާރަކަށް އޮންނަންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓާލުމުގައި ބޭނުން ކުރި އެންމެ ވަރުގަދަ ހަތިޔާރަކީ އެ ބާރު ރައްޔިތުންގެ މަޖިލީހަށް ނެގުން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. އަދި އެ ހަޤީޤަތް ބަދަލު ނުކުރެއްވޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މި ސަރުކާރު ހިނގަން ޖެހޭނެ ކަމަށާއި، ހިންގުމަށް ފަސޭހަ ވެސް ކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ނުސީދާކޮށް މި ގޮތަށް ކުރާ ދުއްތުރާތަކަށް ތިބޭނީ ހޭލާ ބަލައިގެން ކަމަށް ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަލީމް އިތުރަށް ވިދާޅުވީ ދައުލަތުގެ މާލީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާލުމުން ވަޒީރުގެ އަތްޕުޅަށް ބާރުތައް ނަންގަވަން އުޅުއްވާ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެ ޤާނޫނުގެ ހުރި މާއްދާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮތް އެއްޗަކީ ވަޒީރުން އަދި ސަރުކާރުގެ ވިސްނުމަކީ ވެސް ޗެކް އެންޑް ބެލެންސް ގެނައުމާއި އަދި ބާރުތައް ދޫކޮށްލެއްވުންކަން ކަމަށެވެ.  

މާލިއްޔަތުގެ ގާނޫނަށް މީގެ ކުރިން ވެސް އަދި މިހާރުވެސް ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން ދައުލަތުގެ މުދަލާ ފައިސާ ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެން ދާކަމަށް ފާހަކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވީ ޚަރަދުތައް ގެންގުޅުމުގެ އުސޫލުތައްވެސް އިތުރަށް ހަރުދަނާ ވަމުންދާ ކަމަށެވެ. މި އިސްލާހުތަކުގެ ސަބަބުން ފެންނަނީ ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ވަރުގަދަވެ ހަރުދަނާ ވެގެންދާތަން ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭގެ ހެއްކަކީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނުން ނުވަތަ މުޅި ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވި އިމްތިހާނުންވެސް ރާއްޖެއިން އޭ ފާސް ހޯދުން ކަމަށެވެ. މިއީ ދެބަސްވެވެން ނެތް ހަޤީޤަތެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވާ ކޮންމެ ދައްޗެއްގައި ރާއްޖެވެސް އެކަން ތަހައްމަލު ކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ވިސްނުންތެރިކަމާ ގެންގުޅުއްވާ ދެ ފުށްފެންނަ ސިޔާސަތުގެ ސަބަބުން ދިމާވާ މި ފަދަ ކަންކަން ހައްލުވެގެން ދާކަމަށެވެ.

ދުނިޔެ އާއި ރާއްޖޭގެ އިޤްތިސާދު އެންމެ ރަނގަޅުވި ދަނޑިވަޅު ކާބޯތަކެތީގެ ސަބްސިޑީ ކަނޑާލި ކަމަށް ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، މިހާލަތުގައި މިއިން އެއްވެސް ސަބްސިޑީއަކަށް އެއްވެސް ކަމެއް ނުކޮށް ދިވެހި ރައްޔިތުންގެ ހައްޤުގައި ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކުރަން ޖެހޭ ކަމަށެވެ. ހައްޤު ގޮތުގައި ބަހެއް ބުނުން އެއީ މައްސަލައެއް ކަމުގައި ވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަލީމް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މާލީ ދާއިރާ އިސްލާހު ކުރުމަށްޓަކައި މި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ މިހާރު މިގެނެވޭ އިސްލާހުތަކުގެ ސަބަބުން ދެން ހުރި ކަންތައްތައް ރަނގަޅުވެގެން ދާނެ ކަމަށެވެ.

ދައުލަތުގެ ދަރަނި އަދި ދަރަނި އަދާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން ކަމާއި ގުޅޭ މުއައްސަސާތަކާއި ބައްދަލުކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުުމުގައި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވީ ދަރަނި ނުދެއްކޭނެ، އަދި އިޤުތިސާދަށް ބޮޑު ލޮޅުމެއް އަރާނެ ހާލަތެއް ނުފެންނަ ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް