Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޫސުމީ ބަދަލުތައް

ކާރިސާތަކުން ރައްކާތެރިވުމާއި، ރާއްޖޭގެ ދިފާއަށް ކުރާ މަސައްކަތަށް ބޭރުގެ އެހީ ބޭނުންވޭ: މާރިޔާ

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 ޖޫން 2022 | ހޯމަ 19:10
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ

ކާރިސާތަކުން ރައްކާތެރިވުމާއި، ދިވެހިރާއްޖޭގެ ދިފާއަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާ ގުޅިލާމެހިފައިވާ ކަމަށާއި، މިތަސައްވުރު ހަގީގަތަކަށް ހެދުމުގައި ބައިނަލްއަގުވާމީ ޕާޓްނަރުންގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ހަވާއީގެ ސެންޓަރ ފޮރ އެކްސެލެންސް އިން ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ހިއުމެނިޓޭރިއަން އެސިސްޓަންސް (ސީއެފްއީޑީއެމް) އާ ގުޅިގެން، 3 ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ ވަރކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ މޫސުމަށް އަންނަ ބަދަލާއި ޖައްވު ހޫނުވުމާ ގުޅިގެން، އުދައެރުމާއި، ވައިގަދަވުމާއި، ފެންބޮޑުވުން ފަދަ ކަންކަން އިތުރުވެ، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި، ކެމިކަލް ގުދަންތަކުގައި އަލިފާން ރޯވުމާއި، ރާއްޖެ އަންނަ ބޮޑެތި މަނަވަރުތައް ފަރަށް އެރުން ފަދަ ހާދިސާތަކުގެ ސަބަބުން، ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ރާއްޖޭގެ ނާޒުކު ގުދުރަތީ ވެށްޓަށް ނޭދެވޭ އަސަރު ފޯރާކަން މިނިސްޓަރު މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ހާދިސާތަކާއި ކާރިސާތަކަށް އިޖާބަދިނުމުގަޔާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި، ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި އޭޖެންސީތަކުން ގުޅިގެން، އެއް ރޫޙެއްގައި، މަސައްކަތްކުރުމުގެ މުހިއްމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވަނީ، ގާނޫނަށް ގެނައި ބަދަލާ ގުޅިގެން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާ، އަމިއްލަ ބަޖެޓާއި މިނިވަންކަމާއެކު، ވަކި އޮތޯރިޓީއެއްގެ ޙައިސިއްޔަތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޒިންމާ އަދާކުރެވޭނެ މަގު ފަހިކޮށްދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

ކާރިސާތަކާ ގުޅިގެން އިންސާނީ އެހީ ފޯރުކޮށްދިނުމުގަޔާއި ކާރިސާތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކާއި އޭޖެންސީތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މިވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަ އެމެރިކާގެ މިޝަންގެ ޗާޖްޑޭ އެފެއަރޒް އެންޑްރިއާ އެޕެލްއާއި، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، ސީއެފްއީޑީއެމްގެ ރީޖަނަލް ހިއުމެނިޓޭރިއަން ސިވިލް-މިލިޓަރީ އެޑްވައިޒަރ ޖޯޝް ޒިމޮނިސްއާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީމިނިސްޓްރީ އޮފް ޑިފެންސްކްލައިމެޓް ޗޭންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު