Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޔޫއެންޑަބްލިއުޓީއޯ ސަމިޓުގެ ޕާޓްނަރަކަށް ދިރާގު

ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

13 ޖޫން 2022 | ހޯމަ 16:03

ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮންނާނީ މި މަހުގެ 15ން 16ށް، ކްރޮސްރޯޑްސް މޯލްޑިވްސްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ޖޫން 2022 | ހޯމަ 16:03
ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

އދ.ގެ ފަތުރުވެރިކަމާ ބެހޭ އިދާރާ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ. އެއްބަސްވުން ހަވާލުކުރެއްވުމަށްފަހު މައުސޫމް ވަނީ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

މައުސޫމް ވަނީ ސަމިޓުގެ ޑިޖިޓަލް ޕާޓްނަރުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ކުރަމުން އަންނަ ކަންކަމުގައި ދިރާގުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދިރާގުގެ މި ޕާޓްނަރޝިޕްގެ ދަށުން ސަމިޓްގެ ބައިވެރިންނަށް އެކަކު އަނެކަކާ ގުޅި، އަދި އެ ބޭފުޅުންގެ ޑިޖިޓަލް އެކްސްޕީރިއަންސް ކުރިއަރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރުގެ ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓު ބާއްވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި މަހުގެ 15ން 16ށް ކުރިއަށްދާ މި ސަމިޓުގެ މިއަހަރު އޮތީ ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްފައެވެ. މި ސަމިޓުގައި، ލޯކަލް ޓޫރިޒަމް ކުރިއަރުވައިގެން ތަރައްގީއަށް ލިބޭނެ ފައިދާތަކާއި ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މި ސަމިޓު ރާއްޖޭގައި ބާއްވަން ނިންމީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ސަރުކާރުން ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.

ދިރާގުން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން މި ސަމިޓުގައި ބައިވެރިވާ ފަތުރުވެރިކަމުގެ މާހިރުންގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ވަގުތު، ކަނެކްޝަނަށް އެއްވެސް ބުރުލެއްނާރާނެކަމުގެ ޔަގީންކަންދީފައެވެ.

ދިރާގުޔޫ.އެން.ޑަބްލިއު.ޓީ.އޯ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
22 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ

22 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ
01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް