Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދަލުގެ އަގުބޮޑުވާ މައްސަލަ

މުދަލުގެ އަގުބޮޑުވުމާގުޅިގެން މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި

13 ޖޫން 2022 | ހޯމަ 13:18

ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތައްވެސް އުފުލެމުންދާކަމަށް މައްސަލައިގައި ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖޫން 2022 | ހޯމަ 13:18
އާދަމް ޝަރީފް

އާދަމް ޝަރީފް

ރާއްޖޭގައި މުދަލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް، ތަކެތީގެ އަގުތައް ތިރިކުރުމަށް ސަރުކާރަށް ގޮވާލައި، މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގައި ދިވެހިން އާންމުކޮށް ދިރިއުޅުމަށް ކޮންމެހެން ބޭނުންކުރާ މުދަލުގެ އަގުބޮޑުވެ، ރައްޔިތުންގެ އަތްނުފޯރާ ހިސާބަށް އަގުތައް މަތިވެ، ރާއްޖޭގެ އިންފްލޭޝަން އުފުލެމުންދިޔުމާއި، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތައްވެސް އުފުލެމުންދާކަމަށެވެ.

Advertisement - newsAdvertisement

އަދި ޚާއްސަކޮށް ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ރާއްޖޭގެ އުފެއްދުމެއް ކަމުގައިވާ މިފްކޯގެ މަސްދަޅު އަގުބޮޑުކުރުމުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ސަރުކާރުގެ ކުންފުނިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓާއި ކާގޯގެ ޚިދުމަތުގެ އަގުވެސް މަތިކުރުމާއި، އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ސިމެންތިއާއި ދަގަނޑުގެ ބާވަތްތަކުގެ އަގު މަތިވެފައިވާކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

އަދި އާންމުކޮށް ރައްޔިތުން ބޭނުންކުރާ ބައެއް ކާނާއާއި ބުއިމުގެ ބާވަތްތައްވެސް އަގުބޮޑުވެފައިވުމާއެކު، ތަކެތީގެ އަގުތައް ބޮޑުވެ އަތްނުފޯރާ ފަށަށް ދާއިރު، ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތުމާއި، ދިވެހި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އުފައްދާ، ދިވެހިން އާންމުކޮށް ދިރިއުޅުމަށް ބޭނުންކުރާ މުދަލުގެ އަގުހެޔޮކޮށް، ރައްޔިތުންގެ އަތްނުފޯރާ ހިސާބުގައި ހުރި ޚިދުމަތްތަކުގެ އަގުތައް ކޮންޓްރޯލްކުރުމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

އަދި ރައްޔިތުންގެ އަތްފޯރާފަށުގައި ބާޒާރުގެ އަގުތައް ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅާކަމަށެވެ.

މި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ. ނުފެންނަކަމަށް ވޯޓުދެއްވީ 29 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓުދެއްވާން ބޭނުންވެވަޑައިނުގަންނަވާ މެންބަރަކު ނެތްއިރު، ވޯޓުގައި ބައިވެރިވެވަޑައިގަތީ 38 މެންބަރުންނެވެ. އެހެންނަމަވެސް ފާސްވުމަށް ބޭނުންވަނީ 20 މެންބަރުންގެ ވޯޓެވެ. އަދި އެވަރަށް ވޯޓު ލިބިފައި ނުވާތީ މައްސަލަ ބަލައިގަތުމަށް ފާހެއްނުވިއެވެ.

އާދަމް ޝަރީފު އުމަރުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް