Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ދަރަނި

ރާއްޖެ އޮތީ ޑެބްޓް ރީސްޓްރަކްޗަރ ކުރަންޖެހޭ ހާލަތުގައެއް ނޫން: މިނިސްޓަރ އަމީރު

ދަރަނި ނަގައިގެން މަސައްކަތް ކުރުމުން ރާއްޖޭގެ އިޤްތިސާދު މިއަދު ދަނީ ރަނގަޅުވަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ޖޫން 2022 | ހޯމަ 08:49
މިނިސްޓަރ އިބްރާހީމް އަމީރު

މިނިސްޓަރ އިބްރާހީމް އަމީރު

ރާއްޖެ އޮތީ ޑެބްޓް ރީސްޓްރަކްޗަރ ކުރަންޖެހޭ ހާލަތުގައެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރިނި އަދި ދަރަނި އަދާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން ކަމާއި ގުޅޭ މުއައްސަސާތަކާއި ބައްދަލުކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ އައިއެމްއެފް ޕްރޮގްރާމަށް ދިޔަނަމަ އެހެން ހުރިހާ މަޝްރޫއެއް ހުއްޓާލަން ޖެހުނީސް ކަމަށެވެ. އޭރުން ޑެފެސިޓް ފޫބައްދަން ވެސް ފައިސާ ހޯދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ކޮވިޑުގެ ހާލަތުގައި ދަރަނި ނަގައިގެން މަސައްކަތް ކުރުމުން ރާއްޖޭގެ އިޤްތިސާދު މިއަދު ރަނގަޅުވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.  

ރާއްޖޭގެ ޑެބްޓް ރީސްޓްރަކްޗަރ ކުރިނަމަ، ރާއްޖެއަށް ލޯން ދޭނެ ބަޔަކު ވެސް ނުވާނެ ކަމަށާއި ރާއްޖޭގެ އިޤްތިސާދު އޮތީ އެހެން ޤައުމުތައް އޮތްތައް ހާލަތުގައެއް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޑެބްޓް ރީޗްރަކްޓަރ ކުރަން ދިމާކޮށްފިނަމަ ސަރުކާރަށާއި ޕްރައިވެޓް ސެކްޓަރަށް ވެސް އެކަމުގެ އަސަރު ކުރާނެކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

ޑެބްޓް ރީސްޓްރަކްޗަރ ކުރުމަކީ މިހާރު ހުރި ލޯންގެ މުއްދަތު ދިގު ކުރުމާއި އިންޓްރަސްޓް ރޭޓް ދަށް ކުރުމަށް މަސައްކަތް ކުރުމެވެ. މިކަން ކުރާނެ ދެ ގޮތެއްވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މިހާތަނަށް މަސައްކަތް ކުރައްވާފައިވަނީ ރާއްޖޭގެ ހިންގާ މަޝްރޫއުތައް ނުހުއްޓި މާކެޓް ފްރެންޑްލީ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

އަމީރު ވިދާޅުވީ މާކެޓާއި އަންފްރެންޑްލީ ގޮތަކަށް މިކަން ކޮށްފިނަމަ، އެ ޑީފޯލްޓްވާނެ ކަމަށާއި ރާއްޖޭގެ ގިނަ ނިޒާމުތަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ދަރަނި މެނޭޖްކުރުން ކަމަށް ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ 13 އިންސައްތަ ޖީޑީޕީ ގްރޯތް އައިސްފައިވަނީ ކޮވިޑުގެ ހާލަތުގައި ދެވުނު ސްޓިމިއުލަސް ޕެކޭޖްގެ ސަބަބުން ކަމަށެވެ.

ދަރަނި ނަގައިގެން އިންވެސްޓް ކުރަންވީ އިކޮނޮމިކް ޕްރޮޖެކްޓްތަކުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ރާއްޖެ އޮތީ ދަރަނި ނެގޭ ހާލަތުގައި ކަމަށާއި ދަރަނި ނަގަންވީ ކަމުގައި ވެސް ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީއިކޮނޮމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު