Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާން މައްސަލައިގެ ތަހުގީގު

ރިލްވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް މި މަހުގެ ނިޔަލަށް ރައީސަށް ފޮނުވަނީ

12 ޖޫން 2022 | އާދީއްތަ 10:48

ރައީސް ވިދާޅުވި މުއްދަތަށް ރިޕޯޓް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖޫން 2022 | އާދީއްތަ 10:48
ނޫސްވެރިޔާ ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް އެދި ބޭއްވި އެއްވުމެއްގެތެރެއިން

ނޫސްވެރިޔާ ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް އެދި ބޭއްވި އެއްވުމެއްގެތެރެއިން

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު މަރު ކޮމިޝަނުން އެއްކޮށް ނިންމައި، މިއަހަރު މެދުތެރޭގައި ރައީސަށް ހުށައަޅުއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާއިރު، ތަހުގީގު ރިޕޯޓް މި މަހުގެ ނިޔަލަށް ރައީސަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

މިކަމާގުޅިގެން ރާއްޖެއެމްވީން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސްއަށް ގުޅާލުމުން އޭނާ ވިދާޅުވީ، ރައީސް ވިދާޅުވި މުއްދަތަށް ރިޕޯޓް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދުކުރި ވަރަށްވުރެ މާ ބޮޑުތަން ލަސްކަމަށެވެ. އަދި އެކަމުގައި ކުރަންޖެހޭ މަސައްކަތާއި، ފިލުވަންޖެހޭ އޮޅުން ބޮޑުކަމަށެވެ.

Advertisement - newsAdvertisement

މަރު ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް ކޮމިޝަންގެ ފަރާތުން 200ށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާކަމަށެވެ. ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުއާމަލާތްތައް އެނަލައިޒްކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދާދިފަހުން ޝަރުއީ ފުރަތަމަ މަރުހަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިމައްސަލައިގައިހުކުމްކޮށްނިންމާފައިވަނީދައުވާ ލިބޭ އިސްމާއީލް ހައިޝަމާއި އަހުމަދު ޒިހާންގެ މައްޗަށް ކުށް ސާބިތުވާކަމަށާއި، ބާކީ ތިބި 4 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށެވެ. އެގޮތުން ކުށް ސާބިތުނުވާކަމަށް ނިންމާފައިވަނީ މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ މައްޗަށެވެ.

ރައީސް ވިދާޅުވީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން ރިޔާސީ ކޮމިޝަނުން ތަހުގީގުކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންމަރު ކޮމިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި
14 މެއި 2024

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި
14 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި
28 ނޮވެމްބަރު 2023

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
22 ނޮވެމްބަރު 2023

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
22 ޖޫން 2023

ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

22 ޖޫން 2023
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް
16 ޑިސެމްބަރު 2022

"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"

16 ޑިސެމްބަރު 2022
"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"
16 ޑިސެމްބަރު 2022

ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި

16 ޑިސެމްބަރު 2022
ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް