Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޫނޭޒް ލިވަޕޫލަށް ބަދަލުވުން

ނޫނޭޒް ލިވަޕޫލަށް ބަދަލުވަނީ

12 ޖޫން 2022 | އާދީއްތަ 04:32

ލިވަޕޫލާއި ބެންފީކާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި މިހާރު ވަނީ އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2022 | އާދީއްތަ 04:32
ނޫނޭޒް

ނޫނޭޒް

ބެންފީކާއަށް ކުޅެމުން އަންނަ އުރުގުއާއީގެ ފޯވާޑް ޑާވިން ނޫނޭޒް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ބުނި ގޮތުގައި ނޫނޭޒް ސޮއި ހޯދުމަށް ލިވަޕޫލުން ކައިރިއަށް ޖެހިލައިފިއެވެ. އަދި ލިވަޕޫލާއި ބެންފީކާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި މިހާރު ވަނީ އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިކަމަށެވެ. އަދި ލިވަޕޫލުން މިހާރު ކުރަމުން އަންނަނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. ލިވަޕޫލުން އޭނާއަށް ހުށަހަޅަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ވެސް ރޮމާނޯ ވަނީ ބުނެފައެވެ.

ނޫނޭޒް ހޯދުމުގެ މަސައްކަތް ލިވަޕޫލުން ކުރަމުން އަންނައިރު، އެ ޓީމަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސާޑިއޯ މާނޭ އެ ޓީމު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ޖަރުމަނު ލީގުގެ ބަޔާން މިއުނިކުން ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މާނޭ ހޯދުމަށް ބަޔާނުން ކުރި ދެ ބިޑެއް ލިވަޕޫލުން ރިޖެކްޓްކުރި ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ނޫނޭޒް ވަނީ މިހާތަނަށް ބެންފީކާއަށް 85 މެޗު ކުޅެދީ 48 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ނޫނޭޒް އަންނަނީ އުރުގުއާއީގެ ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ. 2019 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ނޫނޭޒް ވަނީ ޤައުމީ ޓީމާއެކު 11 މެޗު ކުޅެ، ދެ ލަނޑު ޖަހާފައެވެ.

ލިވަޕޫލްބެންފީކާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް