Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ސްޓޭޓް ޝިޕިން

އިންޓަރނޭޝަނަލް ސެކްޓަރުތަކުގައި އޮޕަރޭޓްކުރުމަކީ ކުންފުނީގެ އަމާޒު: އެމްއެސްއެސްގެ އެމްޑީ

ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަން ދެން ނާންނާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖޫން 2022 | އާދީއްތަ 01:52
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އަމާޒަކީ އިންޓަރނޭޝަނަލް ސެކްޓަރުތަކުގައި އޮޕަރޭޓްކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމަށް ގިނަ ޕްލޭންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ސެކްޓަރުތަކުގައި އޮޕަރޭޓްކުރުމަކީ ކުންފުނީގެ އަމާޒެއްކަމުގައި ވެސް ވިދާޅުވިއެވެ.

"އެމް.އެސް.އެސް ކްރޯމް" މުދަލާއެކު ދަތުރުތައް ފަށާފައިވާއިރު މި ދަތުރުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން ސާމާނުގެ ދަތިކަން ދެން ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެ ބޮޑުބޯޓު ގަނެފައިވަނީ އެއްކޮށް ފައިސާ ދެއްކުމަށްފަހު ކަމަށާއި ބޯޓުގެ ސައިޒަށް ބަލާއިރު، ބޭނުންކުރެވޭނީ ކޮންސްޓްރަކްޝަން ދާއިރާއަށް ކަމަށެވެ.

ކުރިއަތް އޮތް ތާނގައި ވެސް ބޯޓު ދުއްވަން ގަސްދު ކުރަނީ ވެސް އެފަދަ ސާމާނުތައް ގެނައުމަށް ކަމަށާއި މިހާރު ބޯޓު ދަތުރުކުރަމުންދަނީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ކޮންމެ 20 ދުވަހުން ދަތުރެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް 6 މަސް ދުވަހަށް މާލެއަށް ގެންނަން ޖެހޭ ކޮންސްޓްރަކްޝަން ސާމާނު މިހާރު އެބަހުރި ކަމަށެވެ.

މިއީ އެމްއެސްއެސްގެ އަމިއްލަ ބޯޓެއް ކޮލޮމްބޯ ފިޔަވާ އެހެން ޤައުމެއްގައި ދަތުރުކުރި ފުރަތަމަ ފަހަރު ކަމުގައި ވެސް ސައީދު ވިދާޅުވިއެވެ.

މި ބޯޓަކީ ކޮންސްޓްރަކްޝަން ސާމާނަށް ޚާއްސަ ބޯޓެކެވެ. އެމް.އެސް.އެސް ކްރޯމުން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި 41،500 މެޓްރިކް ޓަނުގެ ހިލައާއި، ވެލި ރާއްޖެ ގެނެސްފައިވެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ އުޅަނދެއް ކުއްޔަށް ނަގައިގެންނެވެ. އެއަށްފަހު 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމް.އެސް.އެސް.އިން ވަނީ ކުންފުނީގެ އަމިއްލަ އުޅަނދު "އެމް.އެސް.އެސް ގެލީނާ" އާއެކު ކާރގޯގެ ޚިދުމަތް ފަށާފައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސްޓީއޯ) ގެ 99.99 އިންސައްތަ، އަދި ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު (އެފްއެސްއެމް) ގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެމްއެސްއެސް

އިތުރަށް ކިޔާލަން

10 އޯގަސްޓު 2023

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ގެންނަ ބޯޓު "އެމްއެސްއެސް އޯޕަލް" ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

10 އޯގަސްޓު 2023
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ގެންނަ ބޯޓު "އެމްއެސްއެސް އޯޕަލް" ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
08 މެއި 2023

އެމްއެސްއެސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް ދުބާއީ އަދި ސިންގަޕޫގައި އައު އޮފީހެއް ހުޅުވަނީ

08 މެއި 2023
އެމްއެސްއެސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް ދުބާއީ އަދި ސިންގަޕޫގައި އައު އޮފީހެއް ހުޅުވަނީ
12 ޖޫން 2022

ފާއިތުވި 2 އަހަރަކީ އެމްއެސްއެސްއަށް ކާމިޔާބު ދެ އަހަރު: ކެޕްޓަން ސައީދު

12 ޖޫން 2022
ފާއިތުވި 2 އަހަރަކީ އެމްއެސްއެސްއަށް ކާމިޔާބު ދެ އަހަރު: ކެޕްޓަން ސައީދު
07 ޖޫން 2022

އެމް.އެސް.އެސް ގެ އެންމެ ބޮޑު ބޯޓު ހިލައާއި ވެއްޔާއެކު ރާއްޖެއަށް

07 ޖޫން 2022
އެމް.އެސް.އެސް ގެ އެންމެ ބޮޑު ބޯޓު ހިލައާއި ވެއްޔާއެކު ރާއްޖެއަށް
23 ނޮވެމްބަރު 2021

އެމްއެސްއެސްގެ ފުރަތަމަ ބޯޓު މުދަލާއެކު މާލޭގައި ބަނދަރުކޮށްފި

23 ނޮވެމްބަރު 2021
އެމްއެސްއެސްގެ ފުރަތަމަ ބޯޓު މުދަލާއެކު މާލޭގައި ބަނދަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު