Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެސްއެސްގެ ފުރަތަމަ ބޯޓު

އެމްއެސްއެސްގެ ފުރަތަމަ ބޯޓު މުދަލާއެކު މާލޭގައި ބަނދަރުކޮށްފި

މި ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ރީފާރ އުފުލޭވަރުގެ ބޮޑު ބޯޓެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 23 ނޮވެމްބަރު 2021 | އަންގާރަ 07:34
އެމްއެސްއެސް ގެލީނާ

އެމްއެސްއެސް ގެލީނާ

ގައުމީ ޝިޕިންގ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ފުރަތަމަ އަމިއްލަ ބޯޓު މުދަލާއެކު ރާއްޖޭގައި ބަނދަރުކޮށްފިއެވެ.

އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓު "އެމްއެސްއެސް ގެލީނާ" ގަތުމުގެ ކުރިން އެކުންފުނިން ރާއްޖެއަށް މުދާ އެތެރެ ކުރަމުން އައީ ބޯޓެއް ޗާޓަރު ކޮށްގެންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ މާރޗް މަހުގައި މިކުންފުނި އުފައްދައިގެން އެންމެ ފުރަތަމަ ބޭނުން ކުރީ އައިބީރިއަން އެކްސްޕްރެސްގެ ބޯޓެކެވެ. އޭގެ ފަހުން އައިބީރިއަން އެކްސްޕްރެސްގެ ލީޒް ހަމަވުމުން، އެމްސީޕީ ލިޒް ބޭނުންކޮށްގެން އެމްއެސްއެސްއިން ވަނީ 13 މަސް ދުވަހު ކޮންޓެއިނާގެ ޚިދުމަތް ރާއްޖެއަށް ދީފައެވެ.

އެމްއެސްއެސް އުފެދުނު ފަހުން ރާއްޖެއަށް އެތެރެކުރި މުދަލުގެ ބޮޑު އިންސައްތައެއް އެކުންފަނިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެމްއެސްއެސްއިން ވަނީ މިހާތަނަށް ޖުމްލަ 767،201 ފްރައިޓް ޓަނު ރާއްޖެ އެތެރެ ކޮށްފައެވެ.

މިބޯޓު މިއަދު ހެނދުނު މާލޭ ކޮމާޝަލް ހާބަރުގައި ބަނދަރުކުރުން ފާހަގަކުރުމަށް އެމްޕީއެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ މިދާއިރާގައި މަސައްކަތް ކުރާނެ ދިވެހީން އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެމްއެސްއެސްގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާ ލަންކާއާ ދެމެދުއެވެ. އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރ، ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ މާލޭއާއި ކޮލޮމްބޯއާއި ދެމެދު ކޮންމެ އަށް ދުވަހަކުން ދަތުރެއް ބޭއްވުން ކަމަށެވެ. މީގެއިތުރުން މި ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ރީފާރ އުފުލޭވަރުގެ ބޮޑު ބޯޓެއްކަންވެސް ކެޕްޓަން ނާޒިމް ވަނީ ފަހަގަކުރައްވާފައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވަނީ މާޗް މަހުއެވެ. އެމްއެސްއެސްގެ ނަމުގައި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގުފަހިކޮށް ދިނުމެވެ.

އެ ކުންފުންޏަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެމްއެސްއެސް

އިތުރަށް ކިޔާލަން

10 އޯގަސްޓު 2023

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ގެންނަ ބޯޓު "އެމްއެސްއެސް އޯޕަލް" ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

10 އޯގަސްޓު 2023
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ގެންނަ ބޯޓު "އެމްއެސްއެސް އޯޕަލް" ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
08 މެއި 2023

އެމްއެސްއެސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް ދުބާއީ އަދި ސިންގަޕޫގައި އައު އޮފީހެއް ހުޅުވަނީ

08 މެއި 2023
އެމްއެސްއެސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް ދުބާއީ އަދި ސިންގަޕޫގައި އައު އޮފީހެއް ހުޅުވަނީ
12 ޖޫން 2022

ފާއިތުވި 2 އަހަރަކީ އެމްއެސްއެސްއަށް ކާމިޔާބު ދެ އަހަރު: ކެޕްޓަން ސައީދު

12 ޖޫން 2022
ފާއިތުވި 2 އަހަރަކީ އެމްއެސްއެސްއަށް ކާމިޔާބު ދެ އަހަރު: ކެޕްޓަން ސައީދު
12 ޖޫން 2022

އިންޓަރނޭޝަނަލް ސެކްޓަރުތަކުގައި އޮޕަރޭޓްކުރުމަކީ ކުންފުނީގެ އަމާޒު: އެމްއެސްއެސްގެ އެމްޑީ

12 ޖޫން 2022
އިންޓަރނޭޝަނަލް ސެކްޓަރުތަކުގައި އޮޕަރޭޓްކުރުމަކީ ކުންފުނީގެ އަމާޒު: އެމްއެސްއެސްގެ އެމްޑީ
07 ޖޫން 2022

އެމް.އެސް.އެސް ގެ އެންމެ ބޮޑު ބޯޓު ހިލައާއި ވެއްޔާއެކު ރާއްޖެއަށް

07 ޖޫން 2022
އެމް.އެސް.އެސް ގެ އެންމެ ބޮޑު ބޯޓު ހިލައާއި ވެއްޔާއެކު ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު