Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މާމިގިއްޔަށް ވަޑައިގެންފި

މާމިގިލިން ރައީސްއަށް ގާސިމްގެ ފަރާތުން ރަތް ދޫލައިގެ މަރުހަބާއެއް

ރައީސްގެ މި ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ޖޫން 2022 | ހުކުރު 07:06
ރައީސް މާމިގިއްޔަށް ވަައިގަތުމުން ގާސިމް އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ

ރައީސް މާމިގިއްޔަށް ވަައިގަތުމުން ގާސިމް އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އދ. މާމިގިއްޔަށް ވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު އެ މަނިކުފާނު މާމިގިއްޔަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް މާމިގިލީގެ ގިނަ ބަޔަކު އެއާޕޯޓަށް ގޮސްފައިވާއިރު އެ މަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ރަތް ދޫލައިގައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މާމިގިލި ކައުންސިލް މެމްބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މިއީ ރައީސްގެ ނުރަސްމީ ދަތުރުފުޅެއްކަމަށާއި މާމިގިއްޔަށް ވަޑައިގަތުމަށްފަހު އެ އަތޮޅުގައި އޮންނަ ގާސިމްގެ ސަން އައިލެންޑް ރިސޯޓަށް ރައީސް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

އަލީ ސާލިހު ވިދާޅުވީ ސަން އައިލެންޑުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް ބައްދަލުކުރައްވާ ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުގާސިމް އިބްރާހީމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު