Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑު ޢީދު މާފުށީގައި ކުލަ ގަދަކޮށް

ބޮޑު އީދާ ދިމާކޮށް މާފުށީގައި ވޯޓަރ ޕާކެއް

މި ޕާކަކީ ވަގުތީ ޕާކެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޖޫން 2022 | އަންގާރަ 10:28
ވޯޓަރ ޕާކެއް

ވޯޓަރ ޕާކެއް

މިއަހަރުގެ ބޮޑު ޢީދާ ދިމާކޮށް ކ. މާފުށީގައި ވޯޓަރ ޕާކެއް ހަދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މާފުށީ ކައުންސިލުން ބުނީ މި ޕާކަކީ ވަގުތީ ޕާކެއް ކަމަށެވެ. އެގޮތުން ޢީދުގެ ފުރަތަމަ 3 ދުވަހު މި ޕާކު ހުޅުވާނީ އެ ރަށުގެ ކުޑަކުދިންގެ ޕާކު، "މާފަހިވަތި" އާ ދިމާ މޫދުގައި ކަމަށް ކައުންސިލުން ބުންޏެވެ.

Advertisement - newsAdvertisement

4500 އަކަފޫޓަށް ވުރެ ބޮޑު މި ވޯޓަރ ޕާކުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ކުޅިވަރު ކުޅެވޭނެއެވެ. ޕާކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނުނު 8:00 ން ހަވީރު 4:00 އަށް ކަމަށް ވެސް މާފުށީ ކައުންސިލުން ބުނެފައިވެއެވެ.

ޢީދާ ދިމާކޮށް ހުޅުވާ މި ޕާކުގައި ލައިފް ގާޑުން ވެސް ބައިތިއްބަން މާފުށީ ކައުންސިލުން ވަނީ ނިންމާފައެވެ.

މާފުށީގައި މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވަނީ އެ ރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާތީ އާއި އެ ރަށަކީ ވޯޓަރ ސްޕޯޓްސްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ރަށަށް ވާތީއެވެ. އެ ރަށުގައި 1600 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުންނައިރު މިހާރުވެސް ޢީދަށް ގިނަ އެނދު ބުކް ކޮށްފައިވާ ކަމަށް މާފުށީ ކައުންސިލުން ބުނެފައިވެއެވެ.

ޢީދާ ދިމާކޮށް މާފުއްޓަށް ދާން ބޭނުންވާ މީހުންނަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން އެ ރަށާއި މާލެއާ ދެމެދު އެކި ވަގުތުތަކުގައި ފެރީ ބާއްވަން ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

މިއަހަރުގެ ފިތުރު ޢީދުވެސް އެންމެ ކުލަ ގަދަކޮށް ފާހަގަ ކުރީ މާފުށީގައެވެ. އެ ރަށުގެ ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ޒިޔާރަތް ކުރެއްވިއެވެ. ބޮޑު ޢީދު ފިތުރު ޢީދަށްވުރެ ފޯރި ގަދަވާނެ ކަމަށް މާފުށިން ބުނެއެވެ.

ކ. މާފުށިއަޟްހާ އީދު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ

21 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ
06 އޮކްޓޯބަރު 2025

ކައުންސިލް ރައީސްގެ ބަންދާ ގުޅިގެން ރަށުގެ ތަރައްގީއަށް އަސަރުކުރާނެ ކަމަށް މާފުށި ކައުންސިލުން ބުނެފި

06 އޮކްޓޯބަރު 2025
ކައުންސިލް ރައީސްގެ ބަންދާ ގުޅިގެން ރަށުގެ ތަރައްގީއަށް އަސަރުކުރާނެ ކަމަށް މާފުށި ކައުންސިލުން ބުނެފި
07 ޖޫން 2025

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

07 ޖޫން 2025
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި
05 ޖޫން 2025

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު