Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކ. މާފުށި

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަންމޭން" ގެ ގްލޯބަލް އިވެންޓް 2026 އެޕްރީލްގައި ކ. މާފުށީގައި ބާއްވަން ނިންމައިފި. މިއީ ރާއްޖޭ ގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މުބާރާތަށްވުމާއެކު، ރާއްޖޭގެ ފެތުންތެރިންނަށް ދުނިޔޭ ގެ ފެންވަރު ގައި ހުނަރު ދައްކުވައި، އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ވަރަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެ.

އޯޝަންމޭން ގްލޯބަލް އިވެންޓް 2026 އެޕްރީލް 10-11 ގައި ކ. މާފުށީގައި ބާއްވާނެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 13:42
އޯޝަން މޭން ގްލޯބަލް އިވެންޓް ގައި 10 ކިލޯމީޓަރު ގެ ފެތުމުގެ އިވެންޓެއް ވެސް އޮންނާނެ

އޯޝަން މޭން ގްލޯބަލް އިވެންޓް ގައި 10 ކިލޯމީޓަރު ގެ ފެތުމުގެ އިވެންޓެއް ވެސް އޮންނާނެ

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަންމޭން" ގެ ގްލޯބަލް އިވެންޓެއް ކ. މާފުށީގައި ބާއްވަން ނިންމައިފި އެވެ. މި މުބާރާތަކީ ރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މުބާރާތަށް ވުމާއެކު، މި ދާއިރާ ގައި ރާއްޖެ ކުރިއަރައިގެން ދިއުމަށް މުހިންމު ފުރުޞަތެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

އޯޝަންމޭން ގްލޯބަލް އިވެންޓް ކ. މާފުށީގައި ކުރިއަށް ދާނީ 2026 ވަނަ އަހަރު އެޕްރީލް މަހުގެ 10 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮކްޓޫބަރު މަހުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ.

މުބާރާތް ކުރިޔަށް ދާނީ އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައި
މުބާރާތް ކުރިޔަށް ދާނީ އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައި

މުބާރާތުގައި ހަ ކެޓަގަރީއަކުން ފެތުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މުބާރާތުގައި ވާދަކުރެވޭ އެންމެ ހަގު އުމުރުފުރައަކީ 9 އަހަރުން ދަށް ކުދިންނަށް ހާއްޞަކޮށްފައިވާ އޯޝަން ކިޑްސްގެ ކެޓަގަރީ އެވެ. އެ ކެޓަގަރީގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، އަދި 15 އަހަރުން ދަށް ކުދިން ހިމެނެ އެވެ. ޖޫނިއާ ކެޓަގަރީ ގައި ވާދަ ކުރެވޭނީ 15 އަހަރާއި 19 އަހަރާ ދެމެދު ގެ ކުދިންނަށެެވެ.

މުބާރާތުގައި ވާދަކުރާނެ އެންމެ ދޮށީ އުމުރުފުރައަކީ 70 އަހަރުން މައްޗަށް އަމާޒުކޮށްފައިވާ ކެޓަގަރީ އެވެ. މާސްޓަސް ކެޓަގަރީ ގެ ދަށުން އުމުރުން 20 އަހަރުން ފެށިގެން 69 އަހަރުގެ ބޭފުޅުންނަށް ވެސް އެކި އުމުރުފުރާ ތަކުން ވާދަ ކުރެވޭނެ އެވެ.

އުމުރުފުރާތަކުން އެންމެ މޮޅު 10 ފެތުންތެރިން އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި ކޮންމެ އުމުރުފުރައަކުން އެންމެ މޮޅު ތިން ފެތުންތެރިންނާއި، މުޅި ރޭހުގެ އެންމެ މޮޅު ތިން ފެތުންތެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމް މޯލްޑިވްސްއިން ވަނީ ބުނެފަ އެވެ. މިއީ ރާއްޖޭގެ ފެތުންތެރިންނަށް ދުނިޔޭގެ ފެންވަރު ގައި އެމީހުން ގެ ހުނަރު ދައްކުވައިދިނުމުގެ ވަރަށް ބޮޑު ފުރުޞަތެކެވެ.

މީގެ 10 އަހަރު ކުރިން ތައާރަފުކުރި އޯޝަންމޭން ގްލޯބަލް އަކީ ދުނިޔޭގައި ފްރެންޗައިސް އުސޫލުން ކުރިއަށްގެންދާ ފުރަތަމަ އޯޕަންވޯޓާ ފެތުމުގެ މުބާރާތެވެ. މި މުބާރާތުގެ ފްރެންޗައިސް އިވެންޓްތައް ކޮންމެ އަހަރަކު ތަފާތު 26 ގައުމެއްގައި ބާއްވަ އެވެ. އެގޮތުން ބާއްވާ 38 ރޭހުގެ ތެރެއިން ކޮންމެ ރޭހެއްގައި 1500 އިން 2000 އަށް ވުރެ ގިނަ ފެތުންތެރިން ބައިވެރިވެ އެވެ.

ކ. މާފުށިއޯޕަންވޯޓާ ފެތުންފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު

ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު