Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަޔަރ އެޑިއުކޭޝަނުން ދޫކުރާ ލޯނުތައް

ވަކި ފިކުރަކަށް ތާއީދު ކުރާތީ ކިޔަވަން ލޯނު ނުލިބި ނުހުންނާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ސިޔާސީ ފިކުރަކަށް ތާއީދު ކޮށްގެން ފައިދާއެއްވެސް ގެއްލުމެއްވެސް ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ޖޫން 2022 | ހޯމަ 13:53
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރުމަކީ ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅެން ޖެހޭ ސަބަބެއް ނޫން ކަމަށާއި ލޯނު ދިނުމުގައި ވެސް ފިކުރަކަށް ބަލާފައި ނުވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިނިސްޓްރީއިން މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނުތައް ދޫކުރާއިރު ވަކި ފިކުރަކަށް ތާއިދު ކުރާ ކުދިންނަށް އިސްކަން ދޭތޯ މެމްބަރަކު ވަނީ ސުވާލު އުފައްދަވައިފައެވެ.

މަތީ ތައުލީމް ހާސިލް ކުރަން ދޫކުރާ ލޯނަކީ ވާދަވެރި ލޯނެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ހުށައަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް، ޝަރުތުތައް ހަމަވާނަމަ ކޮންމެ ކުއްޖަކަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށްގެން އެއްވެސް ދަރިވަރަކަށް ފައިދާއެއް އަދި ގެއްލުމެއް ވެސް މިނިސްޓްރީން ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

ލޯނުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ވަގުތީ ނަތީޖާ އިއުލާން ކުރަނީ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ކަމަށާއި ދާއިމީ ލިސްޓް ނެރޭއިރު ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުވާ ކަމަށެވެ. އެގޮތުން މިއަހަރުވެސް ދާއިމީ ލިސްޓް ނެރޭއިރު ލޯނު ލިބޭ ކުދިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދާއިމީ ލިސްޓް އިއުލާން ކުރުމަށް ފަހު ވެސް ޝަރުތަތައް ފުރިިހަމަވެ ލޯނު ލިބޭ ކުދިން މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިފިނަމަ އެކުދިންނަށް ވެސް ލޯނު ދޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދަން އިއުލާން ކުރި ލޯނު ސްކީމުގެ ދަށުން 393 ދަރިވަރުންނަށް ފުރުސަތު ދޭން ނިންމައި ވަގުތީ ނަތީޖާ އިއުލާން ކުރީ 16 މެއި 2022 ވަނަ ދުވަހުއެވެ. މިއަހަރު ލޯނުތަކަށް އެދި 1000 ދަރިވަރުން ފޯމު ހުށަހެޅިއެވެ.

މިއަހަރުގެ ލޯން ސްކީމް އިޢުލާންކޮށްފައިވަނީ ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާރޖް 3 އިންސައްތައިން 1 އިންސައްތައަށް ކުޑަކުރުމަށްފަހުއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީމިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު