Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައިކޯޓުގެ ފަނޑިޔާރު ހަމީދު

ހައިކޯޓުގެ ފަނޑިޔާރު ހަމީދު މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ކޮމިޓީގެ ނިންމުމާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ 18 މެމްބަރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2022 | ހޯމަ 08:58
ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ހަމީދު މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 154 ވަނަ މައްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށައަޅައި، ވޯޓު ނެގުން އޮތެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީން ދާދި ފަހުން ނިންމާފައިވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އާއި، ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށާއި، އެ މައްސަލަ ޖޭއެސްސީން އަލުން ބެލުމަށް އެންގުމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ފުރަތަމަ ވަނީ ކޮމިޓީގެ އެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. އެހެންނަމަވެސް ފަނޑިޔާރު ރައޫފް ވަނީ އިސްތިއުފާވެސް ދެއްވާފައެވެ. ވުމާއެކު، ފަނޑިޔާރު ހަމީދު ވަކިކުރުމުގެ ކަންކަން މަޖިލީހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމިޓީގެ ނިންމުމާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ 18 މެމްބަރުންނެވެ. ދެކޮޅަށް 48 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އެއަށްފަހު ފަނޑިޔާރު ހަމީދު މަޤާމުން ވަކި ކުރެއްވުމާއި ގުޅޭގޮތުން ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ފަނޑިޔާރު ވަކި ކުރެއްވުމަށް 58 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 7 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ފްލެޓާއި ގުޅޭ ހުށަހެޅުއްވުމުގައި ޢާންމު ރައްޔިތަކާއި ތަފާތު ހެޔޮ އަގެއް ފުލެޓް އަގުގެ ގޮތުގައި ނެތްކަން ފާހަގަވާކަމަށް ޖޭއެސްސީން ފުރަތަމަ ނިންމި ރިޕޯޓުގައި ބުނެފައިވެއެވެ. ވުމާއެކު، ޖޭއެސްސީގެ ތަޙުޤީޤު ކޮމިޓީގެ އިއްތިފާޤުން އޭރު ނިންމީ، ޤާނޫނު މަނާކުރާ އިނާޔަތެއް ބަލައިގަތް ކަމަށް ބަލާނެ ތަނެއް ނެތްކަމަށެވެ.

އޭރު އެ މައްސަލަ ޖޭއެސްސީން ނިންމިއިރު ބުނެފައިވާ ގޮތުގައި، އަރަބިއްޔާ ކޮށިން އެ ދެ ފަނޑިޔާރުންނަށް ފުލެޓް ލިބިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އެކުގައި މަޝްވަރާތަކެއް ކުރެވިގެންނެވެ.

ހައި ކޯޓުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު